ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ބ. އޭދަފުށީ ކައުންސިލަށް އިންތިޚާބު ކުރަން ޖެހޭ ފަސް މެންބަރުންގެ ތެރެއިން، އަންހެން މެންބަރުންނަށް ޚާއްސަ ކުރެވިފައިވާ ދެ ގޮނޑި ވެރިކަން ކުރާ ޕީއެންސީ އިން ކަށަވަރު ކޮށްފިއެވެ.
ޕީއެންސީގެ ފަރާތުން މި ދެ ގޮނޑިއަށް ކުރިމަތިލެއްވީ ޒީމާ އިބްރާހީމް އާއި ނާޒްނީން ޔޫސުފް އެވެ.
ޒީމާ މިހާރު ވެސް ހުންނެވީ އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާގެ މަގާމުގައެވެ. އަދި ނާޒްނީން އަކީ މިހާރު ވެސް މިރަށު ކައުންސިލްގެ މެންބަރެކެވެ. މި ދެ ބޭފުޅުންނަށް ގޮނޑި ކަށަވަރުވީ، އެ ދާއިރާއަށް އިތުރު ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާތީއެވެ.
މީގެއިތުރުން ހއ. ބާރަށު ކައުންސިލްގެ ރައީސް ކަމަށް ޕީއެންސީން ކުރިމަތިލެއްވި އަލީ ޝަމީމާއި އުތީމު ކައުންސިލްގެ ރައީސް ކަމަށް ޕީއެންސީން ވާދަކުރެއްވި އަބްދުﷲ ރަޝީދަށް ވަނީ އިންތިހާބަކާ ނުލައި ކާމިޔާބުވެފައެވެ.
ހަމައެހެންމެ އދ. ދިއްދު އާއި މަންދޫ ކައުންސިލްގެ ރައީސްގެ ގޮނޑިވެސް ވޯޓަކާ ނުލައި ކާމިޔާބުކުރީ ޕީއެންސީންނެވެ.



