ހުކުރު, މާރޗް 14, 2025
spot_img
- Advertisement -spot_img

މިއަހަރުގެ ފިޠުރު ޢީދަށް ރަށްތައް ދިއްލުމަށް ސަރުކާރުން ލައިޓް ފޯރުކޮށްދޭ ރަށްތަކުގެތެރޭގައި ރ. ދުވާފަރު

ވޭތުވެދިޔަ އަހަރެކޭވެސް އެއްފަދައިން މިއަހަރު ވެސް ފިޠުރު ޢީދު ދުވަހާއި ގުޅިގެން ރާއްޖޭގެ ރަށްތައް ދިއްލުމަށް ބޭނުންވާނެ ލައިޓް 36 ރަށަކަށް ފޮނުވަން ނިންމާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އީދަށް ލައިޓް ދިއްލުމުގެ ރަށްތަކުގެ ލިސްޓްގައި ރ. ދުވާފަރު ވަނީ ހިމެނިފައެވެ. އާބާދީގައި 3,300 އަށްވުރެ ގިނަ މީހުން ހިމެނޭ ދުވާފަރަކީ ރ. އަތޮޅުގައި އެންމެ ގިނަ މީހުން ދިރިއުޅޭ ރަށެވެ. ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު އަލީގެ ބުރަމަސައްކަތުން އެރަށަށް މި ފަހަރު ފޯރުކޮށްދޭ ލައިޓުތަކުގެ ސަބަބުން ފިޠުރު ޢީދުގެ ކަންކަން ހުރިހާ ގޮތަކުންވެސް ވަރަށް ފުރިހަމަވެގެން ދާނެއެވެ. މިރަށަކީ ކޮންމެ އަހަރެއްގެ ޢިދެއްގައިވެސް ވަރަށް ފޯރިގަދަ ސަޤާފީ ކުޅިވަރުތަކެއް ކުޅޭރަށެކެވެ. އަދި ޢީދާއި ގުޅިގެން މިކުޅިވަރުތައް ބަލާލުމަށް މާލޭގައި ދިރުއުޅޭ ރަށުގެ ރައްޔިތުންނާއި އެހެނިހެން ރަށްތަކުން މިރަށަށް މީހުން ޒިޔާރަތްކުރެއެވެ.

ވަޒީރު އާދަމް ޝަރީފު ވިދާޅުވީ މި ލައިޓުތަކަކީ ހަމައެކަނި ޢީދަށް ބޭނުންކުރާ ލައިޓުތަކެއްނޫންކަމަށެވެ. އޭގެ އިތުރުން މިނިވަން ދުވަސްފަދަ އެހެނިހެން މުނާސަބުތަކުގައި ވެސް މިލައިޓްތައް ރަށްތަކުގައި ބޭނުންކުރެވޭނެ ތަކެއްޗެވެ. މިކަމުގެ ސަބަބުން، ރަށްތަކުގެ ރައްޔިތުންގެ ހިތްހަމަޖެހުމަށްޓަކައި ކުރާ މިފަދަ ހޭދަތަކަކީ ވަރަށް މުހިންމު ހޭދައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު އާދަމް ޝަރީފު އިތުރަށް ވިދާޅުވީ ޢީދު ލައިޓުތައް ދިއްލުމުގެ ސަބަބުން އިސްލާމީ ޝިޢާރުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އިސްލާމީ ވަޙުދަތު ރައްކާތެރިކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވާ އަހަންމިއްޔަތު ހާމަވެގެންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް