އަންގާރަ, ފެބްރުއަރީ 17, 2026
spot_img
- Advertisement -spot_img

ތެލަސީމިއާ ކުދިންނަށް ލޭ ލިބުން ދަތިވެ އާންމުންގެ އެހީއަށް އެދިއްޖެ

ތެލަސީމިއާ ކުދިންނަށް ލޭ ލިބުން ދަތިވެ، ލޭ ހަދިޔާކޮށްދޭން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް)އިން އެދިއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި މޯލްޑިވްސް ބްލަޑް ސާވިސަސްއިން ބުނީ، ލޭގެ ހުރިހާ ގްރޫޕަކުން ވެސް ލޭ ކޮންމެހެން ބޭނުން ކަމަށެވެ.

އެގޮތުން، އޭ ޕޮޒިޓިވް، ބީ ޕޮޒިޓިވް، އޭބީ ޕޮޒިޓިވް، އޯ ޕޮޒިޓިވް، އޭ ނެގެޓިވް، އަދި އޯ ނެގެޓިވް، މި ގްރޫޕުތަކުގެ ލޭ ހަދިޔާކޮށްދިނުމަށް ވަނީ އެދިފައެވެ.

އެ ތަނުގައި ހުރި ލޭ ވަރަށް ބޮޑަށް މަދުވެފައިވާތީ ވީހާވެސް ގިނަ ބަޔަކު ލޭ ހަދިޔާކޮށްދިނުމަށް ވަނީ އެދިފައެވެ.

ހުޅުމާލޭގެ އޮރެންޖު ހިޔާގައި ހުންނަ މޯލްޑިވްސް ބްލަޑް ސާވިސަސްގެ ބްލަޑް ބޭންކު ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8އިން ރޭގަނޑު 8 އަށެވެ.

މޯލްޑިވްސް ބްލަޑް ސާވިސަސްއިން ބުނީ، ލޭ ހަދިޔާކުރާ މީހުން އުމުރުން 18އަހަރުން މަތިވެ، ބަރުދަން 45 ކިލޯއަށް ވުރެ މަތިވާން ވާނެ ކަމަށެވެ. އަދި ލޭ ހަދިޔާކުރާ މީހުން މަދުވެގެން ހަ ގަޑިއިރުގެ ނިދި ހަމަކުރުމާއި ލޭ ހަދިޔާކުރުމުގެ ކުރިން އެއް ގަޑިއިރު ކާން އެ ޚިދުމަތުން އިލްތިމާސްކުރެއެވެ.

ގުޅުންހުރި ލިޔުންތައް