އަންގާރަ, ފެބްރުއަރީ 17, 2026
spot_img
- Advertisement -spot_img

ސްޓޭޓް މިނިސްޓަރުކަމުން މަޖީދު ވަކިކުރައްވައިފި

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުން އަބްދުލްމަޖީދު އިބްރާހީމް ވަކިކުރައްވައިފިއެވެ.

ހޯމް މިނިސްޓްރީގެ ތަރުޖަމާނު ފާތިމަތު ރިފާތު ވިދާޅުވީ މަޖީދު އެ މަގާމުން ވަކިކުރެއްވީ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ.

މަޖީދަކީ އެ މިނިސްޓްރީގެ ފޮރިން ލޭބާ ސެކްޝަންގެ ވެރިޔާ އެވެ.

އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުއެވެ.

އޭގެކުރިން އޭނާ ވަނީ އެމްއެންޑީއެފްގައި ޚިދުމަތް ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް