ދިވެހި ބަހުގެ އެކަޑެމީގެ ރައީސް ކަމަށް އަހުމަދު ޝާކިރު މުހައްމަދު މިއަދު އިންތިހާބުކޮށްފި އެވެ.
އެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް އިސްތިއުފާ ދެއްވުމުން، އެ ބޯޑަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ ޝާކިރުގެ ނަމެވެ.
ޝާކިރު ރައީސް ކަމަށް އިންތިޚާބުވީ ދިވެހި ބަހުގެ އެކެޑަމީގެ ބޯޑުގެ މެންބަރުންގެ މެދުގައި ނެގި ވޯޓަކުންނެވެ.
ދިވެހި އަދަބިއްޔާތަށް ހިދުމަތްކުރުމުގެ ރޮނގުން 2022 ވަނަ އަހަރު ސަރުކާރުން ވަނީ ޝާކިރުއަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަރުވައިފަ އެވެ.
ޝާކިރަކީ ޅެންވެރިކަމުގެ ދާއިރާ އިން ވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭނާވަނީ ދިވެހި ބަހުން ގިނަ ފޮތްތަކެއް ލިޔުއްވާފަ އެވެ.



