- Advertisement -spot_img

މާލޭގެ މޭޔަރުކަމުގެ އެމްޑީޕީ ޓިކެޓް އާދަމް އާޒިމް ކަށަވަރުކުރައްވައިފި

މި އަހަރުގެ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ބޭފުޅަކު ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީ، މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމް ކާމިޔާބުކުރައްވައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އާދަމް އާޒިމަށް ވަނީ 60 ޕަސެންޓަށްވުރެ އިތުރަށް ވޯޓު ލިބިފައެވެ. މޭޔަރު އާދަމް އާޒިމާ ވާދަކުރެއްވީ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތާއީދު ކުރެއްވި ކެންޑިޑޭޓަކީ މޭޔަރު އާދަމް އާޒިމެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރެއްވީ އަލީ އާޒިމަށެވެ.

މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު އަމިއްލަގޮތުން އިސްމާއީލް ޒަރިޔަންދު ވާދަކުރައްވައެވެ. އަދި އެމްޑީއޭގެ ޓިކެޓްގައި ގާނޫނީ ވަކީލު އަބްދުﷲ މަހުޒޫމް މާޖިދު ވާދަކުރައްވައެވެ.

ގުޅުންހުރި ލިޔުންތައް