ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

ގެމްބިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގެމްބިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ގެމްބިއާގެ ރައީސް އަދަމާ ބާރޯއަށާއި، ގެމްބިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވާފައެވެ.

ރައީސް ޑރ. މުޢިއްޒު ފޮނުއްވި މެސެޖުގައި، ގެމްބިއާގެ ރައީސްގެ ދުޅަހެޔޮކަމާއި އުފާވެރިކަމަށް އެދިވަޑައިގަތުމުގެ އިތުރުން، ގެމްބިއާގެ ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަން ދެމެހެއްޓުމަށް އެދިވަޑައިގަންނަވާކަންވެސް ފާޅުކުރައްވާފައިވެއެވެ.

ގެމްބިއާއިން 1965  ވަނަ އަހަރު އިނގިރޭސީންގެ އަތްދަށުން މިނިވަންކަން ލިބުމާއި ގުޅިގެން ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަސް ފާހަގަކުރަނީ އެޤައުމުގެ މިނިވަން ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަކުރުމަށް އެޤައުމުގައި ތަފާތު ހަރަކާތްތައް ކުރިޔަށް ގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް