ހުކުރު, މާރޗް 14, 2025
spot_img
- Advertisement -spot_img

ކުޅިވަރު ކުރިއެރުވުމަށް ރާއްޖެއާއި ޗައިނާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެ އާއި ޗައިނާ ދެމެދު ކުޅިވަރުގެ ދާއިރާ ކުރިއަރުވުމަށް ދިވެހިރާއްޖޭގެ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ކުޅިވަރު ބިއުރޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، ދިވެހިރާއްޖެއާއި ޗައިނާ ގުޅިގެން ކުޅިވަރުގެ ދާއިރާއިން ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް އެއްބަސްވެފައިވެއެވެ. އަދި މީގެ އިތުރުން ކުޅުންތެރިންނާއި ޓީމުތަކަށް އަދި ކުލަބުތަކަށް ކުރިއެރުވުމަށް އެހީތެރިވުމަށްވެސް އެއްބަސްވެފައިވެއެވެ. ކުޅިވަރާއި ގުޅުންހުރި އެންމެހާ ދާއިރާތަކުން މީހުން ބިނާކުރުމަކީވެސް މިއެއްބަސްވުމުގެ ބޭނުމެވެ.

އެގޮތުން ތަމްރީން އަދި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެތެރޭގައި ކުޅިވަރުދާއިރާގެ ސިއްހީ އޮފިޝަލުންނާއި، ކޯޗުންނާއި، ރެފްރީން، އަމްޕަޔަރުން އަދި ކުޅިވަރުގައި ބޭނުންކުރާ މަނާބޭހަށް އަހުލުވެރިކުރުވުމަށްޓަކައި މިކަމަށް ޚާއްސަ އޮފިޝަލުން ހިމެނެއެވެ.

ވަރަށް ބޮޑެތި ގޮންޖެހުންތަނއް ހުރި ދިވެހިރާއްޖޭގެ ކުޅިވަރު ދާއިރާއަށް މި އެއްބަސްވުން ވެގެންދާނީ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދިވެހި ކުޅުންތެރިންނަށް ބައިނަލްއަގުވާމީ ފެންވަރުގައި އިތުރު ފުރުސަތުތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރެވެއެވެ.

ޗައިނާއަކީ ދިވެހިރާއްޖެއަށް އެކިގޮތްގޮތުން އެހީވާ ޤައުމެކެވެ. ކުޅިވަރުގެ ދާއިރާއިން ޗައިނާއަކީ ދުނިޔޭގެ ފެންވަރުގައި ކުރިއަރާފައިވާ ޤައުމަކަށްވުމާއެކު، މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ގިނަގުނަ ފައިދާތަކެއް ކުރާނެކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް