އާދިއްތަ, ޖެނުއަރީ 18, 2026
spot_img
- Advertisement -spot_img

އިނގިރޭސި ޕްރިމިއާ ލީގު: ޗެލްސީ ބަލިވެ ޔުނައިޓެޑާއި ސިޓީގެ މެޗުތައް އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުތައް އެއްވަރުވިއިރު، ޗެލްސީ ބަލިވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި ކުޅެ ސިޓީ އެއްވަރުވީ ރޭ ބްރައިޓަންއާ ބައްދަލުކޮށް 1-1 އިންނެވެ. މި މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން އާލިން ހާލަންޑް ވަނީ ސިޓީއަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު މިޓޯމާ ވަނީ ބްރައިޓަނަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މެޗުގެ ފަހު ވަގުތުކޮޅުތެރޭ ލީޑު ނަގަން ސިޓީއަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އޭގެ ބޭނުން ހިފޭގޮތް ވަނީ ނުވެފަ އެވެ.

ޗެލްސީ އަދި ފުލަމް ބައްދަލުކުރި މެޗުގެ ތެރެއިން

ޗެލްސީ ރޭ ބަލިވީ ފުލަމްއާ ބައްދަލުކޮށް 2-1 އިންނެވެ. މި މެޗުގެ 22 ވަނަ މިނެޓްގައި ޗެލްސީގެ ޑިފެންޑަރު މާކް ކުކުރެލާއަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗުގެ ބޮޑުބައި ފުރިހަމަ ކުރަން ޖެހުނީ 10 ކުޅުންތެރިންނާއެކުއެވެ. މެޗުގެ 55 ވަނަ މިނެޓްގައި ރައުލް ހިމިނޭޒް ފުލަމަށް ލީޑު ނަގައިދިންއިރު، ޗެލްސީގެ ފޯވާޑް ލިއަމް ޑެލަޕް ވަނީ މެޗުގެ 72 ވަނަ މިނެޓްގައި އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ނަމަވެސް މެޗުގެ 81 ވަނަ މިނެޓްގައި ހެރީ ވިލްސަން ވަނީ ފުލަމަށް އަލުން ލީޑު ނަގައިދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑް އަދި ބާންލީއާ ބައްދަލުކުރި މެޗުގެ ތެރެއިން

މެންޗެސްޓާ ޔުނައިޓެޑް އެއްވަރުވީ ލީގުގެ 19 ވަނައިގައި އޮތް ބާންލީއާ ބައްދަލުކޮށް 1-1 އިންނެވެ. މެޗުގެ 13 ވަނަ މިނެޓްގައި ބާންލީން ލީޑު ނެގިއިރު، މިއީ ޔުނައިޓެޑްގެ ޒުވާން ޑިފެންޑަރު ހެވަން އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ދެވަނަ ހާފްގެ ކުރީކޮޅު ޔުނައިޓެޑުން ވަނީ ދެ ގޯލު ކާމިޔާބުކޮށް، އެޓީމު ކޮޅަށް ނަތީޖާ އަނބުރާލާފަ އެވެ. މި ދެ ގޯލުވެސް ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ބެންޖަމިން ސެސްކޯ އެވެ. ބާންލީއަށް މި މެޗުން ޕޮއިންޓެއް ކަށަވަރުކޮށްދިން ގޯލު މެޗުގެ 66 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖޭޑަން އެންތޮނީ އެވެ.

ޕްރިމިއާ ލީގުގައި ރޭ ބޯންމަތް އިން ވަނީ ފަހު ވަގުތު 3-2 އިން ޓޮޓެންހަމް ބަލިކޮށްފަ އެވެ. އަދި ބްރެންޓްފޯޑުން 3-0 އިން ސަންޑަލޭންޑް ބަލިކުރިއިރު، ނިއުކާސަލް ޔުނައިޓެޑުން ވަނީ 4-3 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށް، ލީގުގެ ހަވަނަ އަށް ޖެހިލާފައެވެ.

ގުޅުންހުރި ލިޔުންތައް