ހުކުރު, މާރޗް 14, 2025
spot_img
- Advertisement -spot_img

އައްޑޫ ސިޓީއަށް ފުރަތަމަ ފަހަރަށް ޑޮލަރު އޭޓީއެމް އެއް!

އައްޑޫ ސިޓީގައި ފުރަތަމަ ފަހަރަށް ޑޮލަރު އޭޓީއެމްއެއް ބަހައްޓައި ޚިދުމަތްދޭ ފަށައިފިއެވެ.

އައްޑޫ ސިޓީގައި ޚިދުމަތްދޭފެށި މި ޑޮލަރު އޭޓީއެމްއަކީ 24 ގަޑިއިރު ޑޮލަރު ޖަމާކުރުމާއި ޑޮލަރު ނެގުމުގެ ޚިދުމަތް ލިބޭނެ ސެލްފް ސާވިސް އޭޓީއެމްއެކެވެ. މި އޭޓީއެމްގެ އިތުރުން މިހާރުވެސް ހިތަދޫ ބްރާންޗުގައި އިތުރު 2 އޭޓީއެމް ގާއިމްކޮށްފައިވެއެވެ. އެއީ ރުފިޔާ ނެގުމާއި ޖަމާކުރުމަށް ހާއްސަ ސެލްފް ސާވިސް އޭޓީއެމްއަކާއި، ރުފިޔާ ނެގުމަށް ހާއްސަ އެއް އޭޓީއެމްއެވެ.

ހިތަދޫގައި ބެހެއްޓި މި އޭޓީއެމް ހުޅުވާދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމީޔާތެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއިބެހޭ ވަޒީރު މުހައްމަދު ސަޢީދު އަދި ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުހައްމަދު ޝަރީފްއެވެ.

ވަޒީރު މުހައްމަދު ސަޢީދު އަދި ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުހައްމަދު ޝަރީފު ޑޮލަރު އޭޓީއެމް ހުޅުވާދެއްވަނީ

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ބީއެމްއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވިގޮތުގައި، ޑޮލަރު އޭޓީއެމް ގާއިމު ކުރުމަކީ އައްޑޫ ސިޓީގައި ޑޮލަރު މުއާމަލާތްތަކަށް އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަމުގެ ރަމްޒެއް ކަމަށެވެ. އަދި އިސްލާމިކް ބޭންކިން ހިދުމަތަށް އިސްކަންދިނުމަށް ގަމު ބްރާންޗަށް ދާދި ފަހުން ގެނެވުނު ބަދަލާއި އޭޓީއެމްގެ ހިދުމަތް ފުޅާކުރުމާއެކު، ބޭންކުން ދަނީ އައްޑޫ ސިޓީގައި ބޭންކިން ހިދުމަތް އިތުރަށް ހަރުދަނާ ކުރަމުންކަމަށް އޭނާ ވިދާޅުވިއެވެ.

ޑޮލަރު އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމީޔާތުގެ ތެރެއިން

މި އޭޓީއެމް ހުޅުވުމާއިއެކު ބޭންކް އޮފް މޯލްޑިވްސް އިން މިހާރު ދެމުންދާ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އެބޭންކުން މަޢުލޫމާތުދެއެވެ. މިގޮތުން މިހާރު މުޅިރާއްޖޭގެ ހުރިހާ އަތޮޅެއްގައި 39 ބޭންކް އޮފް މޯލްޑިވްސް ބްރާޗް ވަނީ ހުޅުވާފައިކަމަށް އެފަރާތުން މަޢުލޫމާތު ދެއެވެ. އަދި 95 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރާއި، 151 އޭޓީއެމް ވެސް ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ބެހެއްޓިފައެވެ. ހަމަ މިގޮތަށް މިފަދަ ޚިދުމަތްތައް އަދި ފެށިފައި ނުވާ ސަރަޙައްދުތަކުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޖެންޓުންގެ ގޮތުގައި ފަރާތްތައް ކަނޑައަޅައި ޚިދުމަތް ދަނީ ދެވެމުންނެވެ. މީގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

އައްޑޫ ސިޓީއަކީ މާލެ ފިޔަވައި ދެވަނައަށް އެންމެ އާބާދީ ބޮޑު ސިޓީއެވެ. ފާއިތުވި އަހަރުތަކުގައި އައްޑޫ ސިޓީގެ ތަރައްޤީއަށް އެކަށީގެންވާ ހެޔޮ ބަދަލެއް ގެނެސްފައި ނުވާކަމުގެ ޝަކުވާ އެސިޓީގެ ރައްޔިތުން ކުރެއެވެ. ޑރ. މުއިއްޒުގެ ސަރުކާރުން މިކަމަށް ބަދަލެއް ގެންނަވާ އައްޑޫ ސިޓިއަށް ތަރައްޤީ ގެނެސްދެއްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެގޮތުން މުޅިއެކު 35000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އައްޑޫއަކީ، ސަރުކާރުން ފަތުރުވެރިކަން ތަރައްޤީކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން މިހާރު އަންނަ ތަނެކެވެ. ހަމަ މިގޮތަށް ގަން އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާއިރު އައްޑޫގައި އައްސޭރި ޓުއަރިޒަމްގެ ނަމުގައި 6000 އެނދު ތަރައްޤީކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް