އަންގާރަ, ޖެނުއަރީ 20, 2026
spot_img
- Advertisement -spot_img

އެފްރިކަން ކަޕް: ވާދަވެރި ކުޅުމަކަށްފަހު ކޮންގޯ ބަލިކޮށް އަލްޖީރިއާ ކުއާޓާފައިނަލުން ޖާގަ ހޯދައިފި

މޮރޮކޯގައި މިހާރު ކުރިއަށްދާ އެފްރިކާ ކަޕް އޮފް ނޭޝަންގެ ދެވަނަ ބުރުގައި ކޮންގޯ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަލްޖީރިއާ އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އަލްޖީރިއާ އިން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ގުރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ކޮންގޯ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގުރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތިގައެވެ.

ކޮންގޯ އަދި އަލްޖީރިއާ ބައްދަލުކުރި މެޗުގެ ތެރެއިން

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ 90 މިނެޓު ކުޅުން ނިމުނުއިރު، ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވާއިރު، މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓުގެ ދެހާފުގައި އަލްޖީރިއާ އިން ވަނީ އެޓީމުގެ އެޓީކުތައް އިތުރަށް ވަރުގަދަކޮށްފައެވެ.

ކޮންގޯ އަދި އަލްޖީރިއާ ބައްދަލުކުރި މެޗުގެ ތެރެއިން

ނަތީޖާއެއްގެ ގޮތުން އިތުރުވަގުތުގެ 15 މިނެޓުގެ ދެހާފުގައި ވެސް އެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި އެޓީމުން ކުއާޓާ ފައިނަލް ޔަގީންކުރި ލަނޑު މެޗުގެ 119 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް އާދިލް ބޮލްބީނާއެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އަލްޖީރިއާ ކުރީގައި އޮވެގެންނެވެ.

2019 ވަނަ އަހަރަ އެފްރިކާ ކަޕް އޮފް ނޭޝަން ކާމިޔާބުކުރި ފަހުން ފުރަތަމަ ފަހަރަށް އަލްޖީރިއާ މިމުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު، ކުއާޓާގައި މިމަހުގެ 10 ވަނަ ދުވަހުގެ ރޭ 21:00 ގައި އެޓީމުން ނުކުންނާނީ ނައިޖީރިއާ އާއި ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް