- Advertisement -spot_img

އެޗްއާރްސީއެމްގެ ރައީސް ކަމަށް ޑރ. ރަމީލާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސްކަމަށް ޑރ. އާއިޝަތު ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި އެޗްއާރްސީއެމްގެ ރައީސް ކަމަށް ޑރ. ރަމީލާ އައްޔަންކުރަން ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ކޮމިޝަނުގެ މެންބަރު ކަމަށް ޑރ. ރަމީލާ އައްޔަންކުރައްވާފައި ވަނީ ދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު އެވެ.

އެޗްއާރްސީއެމްގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބަވަނީ ނައިބު ރައީސް މުހައްމަދު ޝަފީގު މަހުމޫދާއި މެންބަރު އިސްމާއީލް ހަބީބާއި މެންބަރު އަހްމަދު މަގްސޫމާއި މެންބަރު ސަމާއު އަހްމަދު ނަޖީބެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އިދިކޮޅު އެމްޑީޕީން ވަނީ ބޮއިކޮޓްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް