އާދިއްތަ, ޖެނުއަރީ 18, 2026
spot_img
- Advertisement -spot_img

ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދަށް

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ހުސައިން ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ސަނީ އުމަރަށް އެންމެފަހުން އިތުރުކުރި 30 ދުވަސް ހަމަވުމުން މިއަދު ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. އެ ކޯޓުން މިއަދު ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

ފުލުހުން ބުނީ ސަނީ އުމަރުގެ ތަހުގީގަށް ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ.

އޭނާ މީގެކުރިން ވަނީ މާސްކުއަޅައި ސިފަ އޮޅުވާލައިގެން އަވަށްޓެރި ސްރީލަންކާއަށް ފުރަން މަސައްކަތްކޮށްފައެވެ.

އޭނާ ހައްޔަރުކުރީ އެއާޕޯޓްގައި ހުއްޓައެވެ. އެފަހަރު ހައްޔަރުކުރީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވިފައި ވަނިކޮށް ފިލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ.

އެ މައްސަލާގައި ބަންދުގައި ބެހެއްޓުމަށްފަހު ދޫކޮށްލުމަށްފަހު ޖިންސީ ގޯނާގެ މައްސަލައިގެ ތުހުމަތުގައި ވަނީ ހައްޔަރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް