އާދިއްތަ, ޖެނުއަރީ 18, 2026
spot_img
- Advertisement -spot_img

އިނގިރޭސި ޕްރިމިއާ ލީގު: އާ އަހަރުގެ ފުރަތަމަ މެޗުތައް، ސިޓީ އަދި ލިވަޕޫލަށްވެސް ކާމިޔާބު ނުކުރެވުނު

އިނގިރޭސި ޕްރިމިއާ ލީގުގައި މި އަހަރު ކުޅުނު ފުރަތަމަ ހަތަރު މެޗު ވެސް އެއްވަރުވެގެން ނިމިއްޖެއެވެ.

އެ ގޮތުން، ލިވަޕޫލުން އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑާއި 0-0 އިން އެއްވަރުވިއިރު، މެންޗެސްޓާ ސިޓީން ރަށުންބޭރުގައި ސަންޑަލެންޑާއި ކުޅުނު މެޗާއި ބްރެންޓްފޯޑް ދަނޑުގައި ޓޮޓެންހަމް އިން ކުޅުނު މެޗު ވެސް ނިމުނީ އެ ނަތީޖާ އިންނެވެ. ކްރިސްޓަލް ޕެލަސް އިން އަމިއްލަ ދަނޑުގައި ލީޑުނެގި ނަމަވެސް ފުލަމް އިން ވަނީ 1-1 އިން އެއްވަރުކޮށްފައެވެ.

ލިވަޕޫލް އަދި ލީޑްސް ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން

ލިވަޕޫލް ދަނޑުގައި އެ ޓީމަށް ލަނޑެއް ޖަހައިދޭން ހޫގޯ އެކިޓީކޭ، ފްލޯރިއަން ވާޓްޒް އަދި ވާޖިލް ވެން ޑައިކަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ. ބެންޗުން އަރައި ލީޑްސްގެ ފޯވާޑް ޑޮމިނިކް ކަލްވެޓް-ލެވިން ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު، އެންމެ ފަހުން ހަ މެޗުގަައި ވެސް ލަނޑު ޖެހި ކަލްވެޓް-ލެވިން ޖެހި ލަނޑު ވަނީ އޮފްސައިޑް ކަމަށް ނިންމައިފައެވެ.

ސިޓީން ސަންޑަލެންޑް ދަނޑުގައި ފުރަތަމަ ހާފުގައި ލަނޑެއް ޖެހި އެވެ. އެކަމަކު، ބެނާޑޯ ސިލްވާ ޖެހި އެ ގޯލު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލިއިރު ވަނީ އޮފްސައިޑްވެފަ އެވެ. މި މެޗުގައި، ސިޓީގެ ކީޕަރު ޖިއަންލުއީޖީ ޑޮނަރުންމާ އާއި ސަންޑަލެންޑްގެ ކީޕަރު، ރޮބިން ރޮއެފްސް ވަނީ ގިނަ ހަަމަލާތަކެއް ހުއްޓުވައިފައެވެ.

ޓޮޓެންހަމް އަލދި ބްރެންޓްފޯޑް ބައްދަލުކުރި މެޗުގެ ތެރެއިން

ޕެލަސް އިން ޖިއަން-ފިލީޕް މަޓޭޓާގެ ލަނޑުން ލީޑުނެގި ނަމަވެސް، ޓޮމް ކެއާނީ ވަނީ ގޯލު ޖަހައި ފުލަމް އަށް އެއްވަރުކޮށްދީފައެވެ.

ރޭގެ މެޗުތަކަށް ފަހު، ލީގުގެ ކޮންމެ ޓީމެއް 19 މެޗު ކުޅެފައިވާއިރު، އާސެނަލުން އެއް ވަނައިގައި އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެ ޓީމަށް 45 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް ވަނީ 41 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އެސްޓަން ވިލާ އަށް 39 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި ލިވަޕޫލް އޮތީ 33 ޕޮއިންޓް ހޯދައިގެންނެވެ.

ގުޅުންހުރި ލިޔުންތައް