އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިއަކަށް ދާދިފަހުން އައްޔަން ކުރި އިސްމާއިލް ސާޖިދު ސަސްޕެންޑް ކޮށްފިއެވެ.
އެނގިފައިވާގޮތުގައި ސާޖިދަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަމުންދާތީ މި ހަފްތާގެ ތެރޭގައި ވަނީ އޭނާ ސަސްޕެންޑުކޮށްފައެވެ.
މިކަމާ ގުޅޭގޮތުން އެމްއެމްއޭ އިން އަދި ވަކިއެއްޗެއް ބުނެފައެއްނުވެއެވެ.
ސާޖިދު އެ މަގާމަށް އައްޔަންކުރީ އެފްއައިޔޫގެ އޭރުގެ ވެރިއަކަށް ހުންނެވި އަބްދުﷲ އަޝްރަފް, މަގާމުން ދުކުރުކުރުމަށްފަހުއެވެ.
ސާޖިދަކީ މީގެކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ.



