އާދިއްތަ, ޖެނުއަރީ 18, 2026
spot_img
- Advertisement -spot_img

މީޑިއާ ވިލެޖްގެ 70 ޕަސެންޓް މަސައްކަތް ނިމިއްޖެ: މިނިސްޓަރު

މީޑިއާ ވިލެޖް އެޅުމުގެ 70 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށް އިންފޮމޭޝަން މިނިސްޓަރު އިބްރާހިމް ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިބްރާހީމް ވަހީދު ވިދާޅުވީ މީޑިއާ ވިލެޖު ތަރައްގީ ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާތީ އެ މަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މީޑިއާ ވިލެޖުގެ ގާތްގަނޑަކަށް 70 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

އަދި އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ކޮންމެ ދުވަހަކު އެޗްޑީސީ މެދުވެރިކޮށް ބައްލަވާ ކަމަަށް މިނިސްޓަރު ވިދާޅުވިއެވެ.

”މިހާރު އެތަނުގަ މިދަންނަވާހެން ބޮޑުބައި ނިމިއްޖެ، އެއީ ކުރީގެ އެސްޓީއޯ ހޮޓާ ހުރިތަން. ނިމޭވަރަކުން މީޑީއާތަކަށް ވަރަށް ލުއި ފަސޭހަ ގޮތަކަށް އެތަނުގެ އިންތިޒާމުތައް ހަމަޖެހޭ ގޮތަށް ކުރިއަށް ގެންދާނަން،“ މިނިސްޓަރު ވިދާޅުވިއެވެ.

މީޑީއާ ވިލެޖް ހެދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެކީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއެވެ.

ގުޅުންހުރި ލިޔުންތައް