އަންގާރަ, ޖެނުއަރީ 20, 2026
spot_img
- Advertisement -spot_img

މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކަން ހުއްދައެއް ނުދެވޭނެ: މިނިސްޓަރު ތޯރިގު

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ރަލާއި އޫރުމަސް ވިއްކުން ހުއްދަ ކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކުމަކީ އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ މި ސަރުކާރުގެ ސިޔާސަތެއް ވެސް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”އަޅުގަނޑުވެސް ގަބޫލުކުރާ ގޮތުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާ އޫރު މަސް ވިއްކުމަކީ އެއްވެސް ގޮތަކަށް ކަންތައްތައް ކުރަންވީ ގޮތެއް ނޫން. އަނެއްކާ އަޅުގަނޑުމެން މިހާރުވެސް ދޭތެރެދޭތެރިން ސަފާރީތަކުން ބައެއް ރަށްތަކަށް ބަނގުރާ އެތެރެކުރާ މައްސަލަތައް ޖެހެމުންދޭ. އެކަންތައްތަކަށް ހައްލެއް ގެނައުމަށްވެސް އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން،“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ކުރިއަށްގެންދާ ފަތުރުވެރިކަމަކީ ”ޑްރައި ޓޫރިޒަމް“ އެއްގެ ގޮތުގައި ބޭއްވުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ލިބެން ހުރެގެން ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”ލޯކަލް ޓޫރިޒަމްގަ ލޯކަލް ރަށްރަށަކީ ޑްރައި ޓޫރިޒަމެއް. މި ދެންނެވީ އޫރުމަހެއް ރަލެއް ހުރެގެން ނުވާނެ. އަޅުގަނޑުމެން ޕޮލިސީ ލެވެލްގަވެސް އެކަން ބޭނުން އެގޮތަށް ބާއްވަން. އެހެންމަ ސަރުކާރުން މީހުން ދިރިއުޅޭ ރަށްތަކުގައި ރަލާއި އޫރުމަހެއް ހުއްދައެއް ނުކުރާނެ.“ މިނިސްޓަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް