އާދިއްތަ, ޖެނުއަރީ 18, 2026
spot_img
- Advertisement -spot_img

ބަންދުގައި ތިބި އަހަރަކަށްވުރެ ގިނަ ދުވަސްވީ މީހުންގެ މައްސަލަތައް މާޗް މަހު ނިމޭނެ: ރައީސް

އެއް އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ވާނުވާ ބަންދުގައި ތިބި މީހުންގެ ކޯޓު މަރުހަލާތައް އަންނަ މާރިޗު މަސް ނިމުމުގެ ކުރިން ނިމޭނެ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ރައީސް ބޭއްވެވި ބައްދަލުވުމުގައި ރައްޔިތަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ ވާނުވާ ބަންދުގައި އަހަރަކަށްވުރެ ގިނަ ދުވަސްވަންދެން ތިބި އެންމެންގެ މައްސަލަތައް މާޗް މަސް ނިމުމުގެ ކުރިން ނިމޭނެ ކަމަށް ބަންޑާރަނައިބުގެ އޮފީހުން އެމަނިކުފާނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

[ވާނުވާގައި] އެއް އަހަރަށް ވުރެ ގިނަވެފައި ތިބި ފަރާތްތައް ކުރިއަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ކޯޓު މަރުހަލާތައް ނިމި، ކޮންމެސް ގޮތެއް ނިމޭ އެބަ. މާ ގިނަ ދުވަހެއް މި ކަމުގައި ނުވާނެ،“ ރައީސް ވިދާޅުވިއެވެ.

ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަތައް ހައްލުކުރަން މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރަން ވަނީ ވަގުތީ ކޯޓް އިމާރާތެއް ހުޅުމާލޭގައި ގާއިމްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް