ހުޅުމާލޭ ފޭސް އެކަކާއި ފޭސް ދެއަކުން ދޫކޮށްފައިވާ ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރެވޭގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.
ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ގޯތިތަކުގައި 10 ބުރިއަށް އިމާރާތްކުރުމަށް ކުރުމަށް ގަވާއިދުތައް ބަދަލުކޮށް ކުރިއަށްއޮތްތަނުގައި އިއުލާންކުރާނެ ކަމަށެވެ.
ރައީސް ވިދާޅުވީ 10 ބުރިއަށް އިމާރާތް ކުރާނަމަ އިމާރާތުގެ އެންމެ ތިރީ ފްލޯ ޕާކިންއަށް ހާއްސަކުރަން ޖެހޭނެ ކަމަށެވެ. އަދި އިތުރު އެއް ފްލޯ ކޮމާޝަން ބޭނުމަށް ހާއްސަކުރަން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީ ސަރުކާރުން ދޫކޮށްފައިވާ ގޯތިތައް ދިނުމަށް ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެ މަސައްކަތުގެ 50 ޕަސެންޓަށްވުރެ ބޮޑުބައި މިހާރު ވަނީ ނިމިފައެވެ.



