- Advertisement -spot_img

ބޮޑެތި ބަލިތަކަށް ދިގު މުއްދަތަށް ބޭސްކުރާ މީހުންނަށް ޕެންޝަން ފައިސާ އެއްކޮށް ނެގޭ ގޮތް ހަދަނީ

ބޮޑެތި ބަލިތަކަށް ދިގު މުއްދަތަށް ބޭސްކުރާ މީހުންނަށް ޕެންޝަން ފައިސާ އެއްކޮށް ނެގޭ ގޮތް ހަދަން ޤާނޫނަށް ބަދަލު ގެންނަވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ގަލޮޅުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ޤާނޫނަށް ގެންނަވާ ބައެއް ބަދަލުތައް ވިދާޅުވެ ދެއްވާފަ އެވެ. އެންމެ ބޮޑު ބަދަލަކަށް ފާހަގަ ކުރެއްވީ ބޮޑެތި ބަލިތަކަށް ދިގު މުއްދަތަށް ބޭސްކުރާ މީހުންނަށް ޕެންޝަން ފައިސާ އެއްކޮށް ނެގޭ ގޮތް ހަދަން ޤާނޫނަށް ބަދަލު ގެންނަވަން ނިންމަވާފައިވާ ނިންމެވުމެވެ.

”މީގެ ތެރޭގައި ޓާމިނަލް އިލްނެސްއެއްގައި އުޅޭ ފަރާތަކަށް ވިއްޔާ އެ ބޭފުޅެއްގެ ޕެންޝަން އެއްކޮށް ނެގޭ ކަހަލަ ގޮތަކަށް ހެދުމާއި މިފަދަ ބައެއް ކަންކަން ހިމެނުން,“ ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެފަދަ އެތައް ބަަދަލެއް ހިމެނޭހެން ޤާނޫނަށް ބަދަލު ގެނައުމަށް ވަރަށް އަވަހަށް ފޮނުއްވާނެ ކަަމަށް ވިދާޅުވެފައެވެ.

ޕެންޝަން ފައިސާ އިން ބައެއް މުހިންމު ބޭނުންތަކަށް ބޭނުންކުރެވޭނެ ގޮތް ފަހިކޮށްދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ގުޅުންހުރި ލިޔުންތައް