ބުދަ, ޑިސެމްބަރ 10, 2025
spot_img
- Advertisement -spot_img

މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ޖަލްސާ ވެގެންދާނީ ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓުން އެންމެ ގިނައިން ބައިވެރިވާ އެއް ޖަލްސާއަށް: ޝިޔާމް

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ޖަލްސާ ވެގެންދާނީ ބޭރު ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ޑިޕްލޮމެޓުން އެންމެ ގިނައިން ބައިވެރިވާ އެއްޖަލްސާއަށް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު ޢަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަކުރަނީ ރ. ދުވާފަރުގައެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މި ހަރަކާތްތައް ދުވާފަރުގައި ބާއްވަނީ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު ކަމަށާއި، މި ރަސްމިއްޔާތުގެ ސަބަބުން ދިވެހި މަސްވެރިކަމުގެ ދާއިރާއަށް ބައިނަލްއަޤްވާމީ ފަރާތްތަކުގެ ސަމާލުކަން އިތުރުވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ، މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އެކިއެކި ފަރާތްތަކުންނާއި، ކުންފުނިތަކާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

”އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހެއްގައި އެންމެ ގިނަ ޑިޕްލޮމެޓުން ބައިވެރިވެވަޑައިގަންނަވާ ޖަލްސާ ނުވަތަ ރަސްމިއްޔާތަށް މި ރަސްމިއްޔާތު ވެގެންދާނެ. ވަރަށް ގިނަ ޑިޕްލޮމެޓުން އެބަ ބައިވެރިވެވަޑައިގަންނަވާ،“ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވީ، ދުވާފަރުގެ ރައްޔިތުންނާއި، އެރަށުގެ މަސްވެރިންވެސް ވަރަށް ޚާއްސަ އިސްކަމެއް ދީގެން މި ހަރަކާތްތައް ބާއްވާ ކަމަށެވެ.

މިފަދަ ބައިނަލްއަޤްވާމީ ފެންވަރުގެ ބައިވެރިވުމަކީ ދިވެހި މަސްވެރިކަމުގެ ދާއިރާ އިޝްތިހާރު ކުރުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެއް ކަމަށް ބެލެވެއެވެ. މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ގުންޒަރާއި އެހެނިހެން ހަރަކާތްތައްވެސް ދުވާފަރުގައި ކުރިއަށްދާނެއެވެ.

ގުޅުންހުރި ލިޔުންތައް