އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

އިޒްރޭލުން ސުންނާފަތި ކުރަމުންދާ ޣައްޒާއަށް ސުލްހައިގެ ފޯސް އަވަހަށް ފޮނުވަން ގަތަރު އާއި މިސްރުން ގޮވާލައިފި

ހައްދު ފަހަނައަޅާފައވާ ނިރުބަވެރި އިޒްރޭލުން ޣައްޒާއަށް ސުލްހައިގެ ފޯސް އަވަހަށް ފޮނުވުމަށް ގަތަރު އާއި މިސްރުން ގޮވާލައިފިއެވެ.

ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރި އެއްބަސްވުމަށް މިހާރު އަމަލު ކުރަމުންދާއިރު، މި އެއްބަސްވުމުގެ ދަށުން ޣައްޒާގައި ހައްޔަރުކޮށްފައިވާ އިސްރާއީލުގެ ހުރިހާ އަސީރުން ވަނީ ދޫކޮށްލައިފައެވެ. އަދި މަރުވެފައި ތިބި އިސްރާއީލުގެ އަސީރުންގެ ހަށިގަނޑުތައް ހަވާލު ކުރުންވެސް އަދިވެސް ދަނީ ކުރިއަށެވެ.

މި އެއްބަސްވުމުގައި ހިމެނޭ ކަންކަމުގެ ތެރޭގައި ޣައްޒާގައި ސުލްހަ ބަލަހައްޓާ ބައިނަލްއަގުވާމީ ފައުޖު ހަރަކާތްތެރިވުން ހިމެނެއެވެ.

ގަތަރާއި މިސްރުން ޣައްޒާގެ ސުލްހައިގެ ފޯސް އަވަހަށް ގާއިމް ކުރަން ގޮވާލާފައި ވަނީ މިހާރު ގަތަރުގައި ކުރިއަށްދާ ދޯހާ ފޯރަމްގެ ހަވާސާގައި ގަތަރުގެ ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް ޘާނީ، މިސްރުގެ ޚާރިޖީ ވަޒީރު ބަދުރު އަބްދަލަޓީއާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާއަށް ފަހުއެވެ.

މިސްރުގެ ހާރިޖީ ވުޒާރައިން ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާގެ ސުލްހައިގެ އެއްބަސްވުން ތަންފީޒު ކުރުމަށާއި ހަނގުރާމަ ހުއްޓާލުމަށް މަސައްކަތް ކުރުމުގެ މުހިއްމުކަން ދެ ލީޑަރުން ފާހަގަކުރައްވާފައިވާ ކަމަށެވެ.

އަދި ފަލަސްތީނުގެ ސަރަހައްދުގައި ޣައްޒާގެ ސުލްހައިގެ ފޯސް އަވަހަށް ގާއިމުކޮށް، އެ މުއައްސަސާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމަށްވެސް ގޮވާލެއްވި ކަމަށް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް