އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ކްރައުން އެންޑް ޗަމްޕާގެ 11 ވަނަ ރިސޯޓު، ނަލަ މޯލްޑިވްސް ހުޅުވައިފި

ޅ. އަތޮޅުގައި ކުރިން ހިންގި އިންނަހުރާ ރިސޯޓު ފަސް ތަރީގެ ފެންވަރަށް ތަރައްގީކޮށް، ‘ނަލަ މޯލްޑިވްސް ބައި ޖާވާކަރަ’ގެ ނަމުގައި ރަސްމީކޮށް ހުޅުވައިފިއެވެ.

މި ރިސޯޓު ހުޅުވައިދެއްވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ތޯރިގާއި ޗަމްޕާ ބްރަދާސްގެ ޗެއާމަން މުހައްމަދު މޫސާއެވެ. ކްރައުން އެންޑް ޗަމްޕާ ގްރޫޕުގެ ސީއީއޯ މުހައްމަދު ސޮލާހު ވިދާޅުވި ގޮތުގައި މިއީ ދެ އަހަރުގެ ބުރަ މަސައްކަތުން ދެމެހެއްޓެނިވި ގޮތަކަށް ތަރައްގީކުރި ލަގްޒަރީ ރިސޯޓެކެވެ.

ވެލާނާ އެއާޕޯޓުން ސީޕްލޭންގައި 35 މިނެޓުން ދެވޭ މި ރިސޯޓުގައި 80 ކޮޓަރިއާއި 7 ރެސްޓޯރެންޓް އަދި ސްޕާއެއް ހުރެ އެވެ. މިއީ 12 އަހަރުން މަތީގެ މީހުންނަށް ހާއްސަ ރިސޯޓެކެވެ. ކުޑަކުދިންނާ އެކު އަންނަ ފަތުރުވެރިންނަށް ޖެހިގެން އޮންނަ ޖާވާކަރަ ރިސޯޓުގައި ތިބެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް