އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

އިނގިރޭސި ޕްރިމިއާ ލީގު: މެޗުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅެ ޗެލްސީ އިން އާސެނަލް ހުއްޓުވައިފި

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި އާސެނަލް އާއި ދެކޮޅާށް ޗެލްސީ އިން ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

ޗެލްސީގެ ސްޓޭންފޯޑް ބްރިޖުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފު ވަރުގަދަކޮށް ފެށީ ޗެލްސީ އިންނެވެ. އަދި މިހާފުގައި އެޓީމުން އާސެނަލްގެ ގޯލަށް ފަސް ހަމަލާއެއް ފޮނުވާލިއިރު، މިހާފުގައި ޗެލްސީގެ ގޯލާއި އަމާޒުކޮށް އާސެނަލްއަށް ފޮނުވާލެވުނީ ދެހަމަލާއެވެ.

ޗެލްސީ އަދި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން

މީގެ އިތުރުން ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ޗެލްސީގެ މިޑްފީލްޑަރު މޮއިސެސް ކައިސެޑޯއާށް ދެއްކި ރަތްކާޑާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ. ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޗެލްސީ އިންނެވެ.

މިލަނޑު ދެވަނަ ހާފުގެ 48 ވަނަ މިނެޓުގައި ކާމިޔާބުކޮދިނީ އެޓީމުގެ ޑިފެންޑަރު ޗަލަބާއެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ކެޕްޓަން ރީސް ޖޭމްސް ގޯލު ކުރިމައްޗަށް ހުރަސްކޮދިން ބޯޅައެއް ބޮލުން ގޯލުގެ ކަނަށް އަމާޒުކޮއްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އާސެނަލް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު މިކެއިލް މެރީނޯ އެވެ.

ޗެލްސީ އަދި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން

މިނަތީޖާއެކު ލީގުގައި ކުޅުނު 13 މެޗުން އާސެނަލްއަށް 30 ޕޮއިންޓް ލިބިފައިވާއިރު، ފަސް ޕޮއިންޓްގެ ލީޑަކާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު 13 މެޗުން ޗެލްސީއަށް 24 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ.

ލީގުގައި ޗެލްސީއަށް ކުރިއަށް އޮތީ ބުދަ ދުވަހުގެ ރޭ ރަށުން ބޭރުގައި ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި ބުދަ ދުވަހުގެ ރޭ އަމިއްލަ އާސެނަލް އިން ނުކުންނާނީ ބްރެންޓްފޯޑާއި ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް