ބުދަ, ޑިސެމްބަރ 10, 2025
spot_img
- Advertisement -spot_img

އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތަށް ކަންކަން ނުކުރެއްވުމަށް ރައީސް އިލްތިމާސް ކުރައްވައިފި

‏އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތަށް ކަންކަން ނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ ޕޯސްޓްގައި ވިދާޅުވީ އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަމުން އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަޅުގަނޑުމެންގެ އަމަލުތައް ބެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެކަމެއް ކަމަށެވެ. އަދި މުސްލިމުންގެ ސަޤާފަތާއި ޚިލާފުކަންކަމާ އަޅުގަނޑުމެން ދުރުވާންޖެހޭނެ ކަމުގައި ވިދާޅުވިއެވެ.

ރައީސް ވަނީ ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަޤާފަތާއެއްގޮތައް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް އަޅުގަނޑުމެން ވުމަކީ މިޤައުމަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތް ކަމުގައި ވިދާޅުވެފައެވެ.

ރައީސް މިފަދައިން އިލްތިމާސް ކުރެއްވީ ރޭ އޮލިމްޕަހުގައި ޕްރިމިއާކުރި ފިލްމެއްގެ ރެޑްކާޕެޓްގައި ފިރިހެނަކު އަންހެން ހެދުން އަޅައިގެން ހިނގި މައްސަލާގައި އާންމުންގެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައި ވަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް