އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރުގެ މަންމަ އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

‏ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު ގެ މަންމަ މ. ދިލޭރާމްގެ ޝަރީފާ މުހައްމަދު އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ޝަރީފާ އަވަހާރަވުމާއި ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ހަބަރު އެމަނިކުފާނު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.

ރައީސް ވަނީ މަރުހޫމާގެ ފުރާނަ އަށް ސުވަރުގެ މިންވަރު ކޮށްދެއްވައި އިލާއަށް ތައުޒިޔާ ދަންނަވައި، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުއާކުރާ ކުރައްވާފައެވެ.

ޝަރީފާ އަވަހާރަވީ މިއަދުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އޭނާގެ އުމުރުކީ 83 އަހަރެވެ.

ގުޅުންހުރި ލިޔުންތައް