އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ވޯލްޑްކަޕް ކޮލިފައިން: ސްލޮވާކިއާ ބަލިކޮށް ޖަރުމަނުން ގުރޫޕްގެ އެއްވަނަ ޔަގީންކޮށްފި

ފީފާ ވޯލްޑްކަޕް ކޮލިފައިންގް ގުރޫޕް އޭގައި ރޭ އަމިއްލަ ދަނޑުގައި ފަސޭހަކަމާއެކު 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ސްލޮވާކިއާ ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޖަރުމަނުން ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޖަރުމަނުން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން ޖަރުމަނު ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ޖަރުމަނުގެ ލިރޯއީ ސަނޭ ދެލަނޑު ކާމިޔާބުކުރިއިރު އެޓީމުގެ ނިކް ވޯލްޓަމޭޑް، ސާޖް ގްނޭބްރީ، ރައިޑަލް ބަކޫ، އަސާން އޮއެޑްރާއޯގޯ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުން ހޯދި 15 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޖަރުމަނުން ކަށަވަރުކުރިއިރު، މިމެޗުން ބަލިވި ސްލޮވާކީ އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުން ހޯދި 12 ޕޮއިންޓާއެކު ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި އެޓީމަށް ވަނީ ޕްލޭއޮފްގެ ޖާގައެއް ކަށަވަރުވެފައެވެ.

ގުޅުންހުރި ލިޔުންތައް