ރަޝިއާގެ ރައީސް ލަޑިމިއަ ޕުޓިން އަންނަ މަހު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތައްޔާރީތައް ވަމުންދާ ކަމަށް ކްރެމްލިންގެ މަސްދަރުތަކާ ހަވާލާދީ ބައިނަލްއަގްވަމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ރޮއިޓާސްއިން ބުނާ ގޮތުގައި މި ދަތުރުފުޅަކީ ނަތީޖާ ނެރެވޭ ދަތުރުފުޅަކަށް ހެދުމަށް ރަޝިއާ ސަރުކާރުން ބޭނުންވެއެވެ. ޕުޓިން އެންމެ ފަހުން އިންޑިއާއަށް ވަޑައިގެންފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން ރަޝިއާ ސިފައިން ޔޫކްރެއިން އަށް އެރިއެވެ.
ޕުޓިން އިންޑިއާއަށް މި ވަޑައިގަންނަވަނީ ޑިސެމްބަރު 4 އިން 5 އަށް އިންޑިއާގެ ވެރިރަށް ދިއްލީގައި ބާއްވާ އިންޑިއާ – ރަޝިޔާ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށެވެ.
ޕުޓިން އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާއިރު، ރަޝިޔާއިން ނަގާ ތެޔޮ އިންޑިއާއިން ގަންނަ މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނުރުހުންވުން އިންޑިއާއަށް ވަނީ އަމާޒުވެފައެވެ. އަދި މިމައްސަލައިގައި ޓްރަމްޕް އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެކިފަހަރުމަތިން ފޯނުން މަޝްވަރާ ކުރައްވާފައިވާކަމަށް ވެއެވެ.



