އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

އިޓަލީ ބަލިކޮށް، 27 އަހަރަށް ފަހު ނޯވޭ ވޯލްޑްކަޕަށް

ވޯލްޑްކަޕް ކޮލިފައިންގ ގުރޫޕް އައިގައި ރަށުން ބޭރުގައި އިޓަލީ އާއި ވާދަކޮށް ފަހަތުން އަރައި 4-1 ގެ ނަތީޖާއަކުން މޮޅުވެ، 1998 ގެ ފަހުން ފުރަތަމަ ފަހަރަށް ނޯވޭ އިން ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އިޓަލީ އިން މެޗު ޑޮމިނޭޓްކުރިއިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ވެސް އެޓީމުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ފްރެންސިސްކޯ ޕިއޯ އެސްޕޮސިޓޯ އެވެ.

އިޓަލީ އަދި ނޯވޭ ބައްދަލުކުރި މެޗުގެ ތެރެއިން

މީގެ އިތުރުން ވެސް މިހާފުގައި އިޓަލީ އިން ވަނީ ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވާއިރު، މިހާފުގައި ނޯވޭއަށް އިޓަލީގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.

އިޓަލީ އަދި ނޯވޭ ބައްދަލުކުރި މެޗުގެ ތެރެއިން

މެޗުގެ ދެވަނަ ހާފުގައި ނޯވޭ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިމެޗުގައި އެޓީމުގެ އެޓީމު އެރްލިންގް ހާލަންޑް ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އެންޓޯނިއޯ ނުސާ އަދި ޔޯގަން ސްޓްރެންޑް ލާސަން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު އަށް މެޗުން ވެސް މޮޅުވެ 24 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ނޯވޭ އިން ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކުރިއިރު، މިމެޗުން ބަލިވި އިޓަލީ އިން ގުރޫޕް ސްޓޭޖުގައި ކުޅުނު އަށް މެޗުން ހޯދި 18 ޕޮއިންޓާއެކު ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި އެޓީމަށް ވަނީ ޕްލޭއޮފްގެ ޖާގައެއް ޔަގީންވެފައެވެ.

ގުޅުންހުރި ލިޔުންތައް