އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ވޯލްޑް ކަޕް ކޮލިފައިން: ސްޕެއިނުން ފަސޭހަކަމާއިއެކު ޖޯޖިއާ ބަލިކޮށްފި

ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކުޅުނު މެޗުން ޖޯޖިއާ 4-0 އިން ބަލިކޮށް އަންނަ އަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޖާގައެއް ހޯދުމާ ގާތަށް ސްޕެއިނުން ޖެހިލައިފިއެވެ.

ޑިނަމޯ އެރީނާގައި ރޭ ކުޅުނު މެޗުގައި ސްޕެއިނުން ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހައިފަ އެވެ. ސްޕެއިނުން ލީޑުނެގީ 11 ވަނަ މިނިޓްގައި މިކޭލް އޮޔާޒަބާލް ޖެހި ޕެނަލްޓީންނެވެ. މިއީ އޭރިއާތެރެއިން ޖޯޖިއާގެ ގޮޗޮލެއިޝްވިލީ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. އޭގެ 11 މިނިޓް ފަހުން މާޓިން ޒުބިމެންޑީ ވަނީ ލަނޑު ޖަހައި، ސްޕެއިނުގެ ލީޑުފުޅާކޮށްދީފަ އެވެ.

ސްޕެއިން އަދި ޖޯޖިއާ ބައްދަލުކުރި މެޗުގެ ތެރެއިން

ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޕެއިނުން ތިން ވަނަ ލަނޑު ޖެހިއިރު، މިއީ، 34 ވަނަ މިނިޓްގައި އޮޔާޒަބާލް ދިން ބޯޅައަކުން ފެރަން ޓޮރޭޒް ޖެހި ލަނޑެކެވެ. ދެ ވަަނަ ހާފުގައި، މެޗުގެ 63 ވަނަ މިނިޓްގައި، އޮޔާޒަބާލް، ސްޕެއިނުގެ ހަތަރު ވަނަ ގޯލު އަދި އޭނާގެ ދެ ވަނަ ލަނޑު ޖެހީ ފެރަން ދިން ބޯޅައަކުންނެވެ.

ސްޕެއިން އަދި ޖޯޖިއާ ބައްދަލުކުރި މެޗުގެ ތެރެއިން

ޔޫރަޕްގެ ކޮލިފައިން ގްރޫޕް އީގެ އެއް ވަނައިގައި ސްޕެއިނުން އޮތީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެން 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ތުރުކީ އަށް ފަސް މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ދެން ކޮލިފައިންގައި މި ދެ ޓީމަށް ވެސް ބާކީ އޮތީ ސްޕެއިނުގެ ސެވިލްގައި އަންގާރަ ދުވަހުގެރޭ، ސްޕެއިނާއި ތުރުކީން ބައްދަލުކުރާ މެޗެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ހޯދި ޔޫރަޕްގެ ޓީމުތަކަކީ އިންގްލެންޑާއި ފްރާންސް އަދި ކްރޮއޭޝިއާއެވެ.

ގުޅުންހުރި ލިޔުންތައް