އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

އަހަރުގެ މިހާތަނަށް މުދަލު ޒަކާތަށް 93 މިލިއަން ރުފިޔާ ލިބިއްޖެ

އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 93 މިލިޔަން ރުފިޔާ ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ (މީރާ) ގެ އެންމެ ފަހުގެ މާލީ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 93 މިލިޔަން ރުފިޔާ ލިބިފައި އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 88 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 5 ޕަސެންޓްގެ އިތުރުވުމެކެވެ.

އޮކްޓޯބަރު މަހު މުދަލު ޒަކާތުގެ ގޮތުގައި 5.5 މިލިޔަން ރުފިޔާ ލިބިފައެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ލިބުނީ 5.6 މިލިއަން ރުފިޔާ އެވެ. ރާއްޖޭގައި މުދަލު ޒަކާތް ދައްކާ މީހުން މިހާރު ވަރަށް ބޮޑަށް އިތުރުވަމުން އަންނަ އިރު، މި ސަރުކާރުން އުފެއްދި މޯލްޑިވްސް ޒަކާތު ހައުސް އިން އަންނަނީ ޒަކާތަށް ހޭލުންތެރިކަން އުފައްދަން މުޅި ރާއްޖޭގައި ވެސް ޕްރޮގްރާމްތައް ހިންގަމުންނެވެ.

މުދަލު ޒަކާތުގެ ނިސާބަކީ މިހާރު 9264.15ރ. އެވެ. މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ.

ގުޅުންހުރި ލިޔުންތައް