އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ވޯލްޑް ކަޕް ކޮލިފައިން: ޔުކްރޭން ބަލިކޮށް ފްރާންސް އިން ޖާގަ ކަށަވަރުކޮށްފި

އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕަށް ފްރާންސް ކޮލިފައިވެއްޖެއެވެ.

ފްރާންސް ވޯލްޑް ކަޕަށް ކޮލިފައިވީ ޔުކްރޭންގެ މައްޗަށް 4-0 ގެ ނަތީޖާއިން ކުރި ހޯދައިގެން ގްރޫޕް ޑީ ގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ފްރާންސަށް ވަނީ ފަސް މެޗުން 13 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް އައިސްލޭންޑް އަދި ތިންވަނައިގައި އޮތް ޔުކްރޭނަށް ފަސް މެޗުން ލިބިފައިވަނީ 7 ޕޮއިންޓެވެ. ގްރޫޕްގެ ފުލުގައި އެއް ޕޮއިންޓާއެކު އޮތީ އަޒަރްބެއިޖާން އެވެ. މި ގްރޫޕްގައި ފްރާންސަށް ބާކީ އަދި އެއް މެޗު އެބައޮތެވެ.

ފްރާންސް އަދި ޔުކްރޭން ބައްދަލުކުރި މެޗުގެ ތެރެއިން

މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މެޗުގެ 55 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ފްރާންސަށް ލީޑު ނަގައިދިނީ ކިލިއަން އެމްބާޕޭ އެވެ. އަދި މެޗުގެ 76 ވަނަ މިނެޓްގައި މައިކަލް އޮލީސޭ ފްރާންްސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ތިންވަނަ ގޯލު މެޗުގެ 83 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ އެމްބާޕޭ އެވެ. އަދި ފްރާންސްގެ ފަހު ގޯލު މެޗުގެ 88 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހޫގޯ އެކިޓީކޭ އެވެ.

ފްރާންސް އަދި ޔުކްރޭން ބައްދަލުކުރި މެޗުގެ ތެރެއިން

މިއީ ފްރާންސް ވޯލްޑް ކަޕަށް ކޮލިފައިވި 17 ވަނަ ފަހަރެވެ. ފްރާންސުން ވަނީ ވޯލްޑް ކަޕް ދެ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް