އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ތަފާތުބޮޑު ނަތީޖާއަކުން ފަލަސްތީނުން ރާއްޖެ ބަލިކޮށްފި

ރަހުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ އާއި ފަލަސްތީނު ބައްދަލުކުރިމެޗް ތަފާތުބޮޑު ނަތީޖާއަކުން ފަލަސްތީނު ކާމިޔާބުކޮށްފިއެވެ.

ގަލޮޅުދަނޑުގައި ކުޅުނު މިމެޗް ފަލަސްތީނު ކާމިޔާބުކުރީ 6-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ފަލަސްތީނު ކުޅުންތެރިން މޮޅަށް ކުޅުނުއިރު މެޗްގެ ފުރަތަމަ ހާފްގައި އެއް ލަނޑު ފެނިގެންދިޔައިރު އަނެއް ފަސް ލަނޑު ފެނިގެން ގޮސްފައިވަނީ ފަހުހާފްގައެވެ.

ދިވެހިރާއްޖެ އާއި ފަލަސްތީނު ބައްދަލުކުރި މެޗްގެ ތެރެއިން

ރާއްޖޭގައި ކޭމްޕްކުރަމުންދާ ފަލަސްތީނު ޓީމުން ދެން ރާއްޖެއާއެކު މެޗެއް ކުޅޭނީ އަންނަ ހޮނިހިރުދުވަހެވެ. އެފްއޭއެމުން ވަނީ ފަލަސްތީނު ޓީމަށް އެހީތެރިވުމަށްޓަކައި ކުޅޭ މެޗްތަކަށް ހާއްސަ ސްވެނިއަރ ޓިކެޓްތަކެއް ވިއްކުމަށް ނިންމާފައެވެ.އެގޮތުން ސްވެނިއަރ ޕްލެޓިނަމް ޓިކެޓް 1000 ރުފިޔާއަށް ވިއްކުމަށް ނިންމާފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ ވީވީއައިޕީ (ރޮސްޓްރަމް) ގެ 50 ޓިކެޓެވެ. މީގެ އިތުރުން ދެން ހިމެނެނީ 200 ސްވެނިއަރ ގޯލްޑް ޓިކެޓެވެ. މި ޓިކެޓްތައް ވިއްކުމަށް ނިންމާފައިވަނީ، 500 ރުފިޔާއަށެވެ.

ދިވެހިރާއްޖެ އާއި ފަލަސްތީނު ބައްދަލުކުރި މެޗްގެ ތެރެއިން

އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޒުވާން ޤައުމީ ފުޓްބޯޅަ ޓީމު ރާއްޖެ އައިސްފައިވަނީ މިދިޔަ ހޯމަދުވަހެވެ.

އެޓީމް ރާއްޖެ އައިސްފައިމިވަނީ އޭޝިއަންކަޕް ކޮލިފައިންގައި އެޓީމް ކުޅެންޖެހޭ މެޗްގެ ކުރިން ތަމްރީނުތައް ހަދައި ރާއްޖޭގެ ޤައުމީޓީމާއެކު އެކުވެރިކަމުގެ މެޗްތަކެއް ކުޅުމަށެވެ. އޭއެފްސީ ކަޕް ކޮލިފައިން މެޗްތައް އޮންނާނީ މިމަހުގެ 22 އިން 30 އަށް ތައިލޭންޑްގެ ޗޮންބުރީގައެވެ.

ގުޅުންހުރި ލިޔުންތައް