އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ރާއްޖެ އަދި ފަލަސްޠީން މެޗުގެ ސްވެނިއަރ ޕްލެޓިނަމް ޓިކެޓު ރައީސް ބައްލަވައިގެންފި

ދިވެހިރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމާއި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޓީމު ރާއްޖޭގައި ކުޅޭ އެކުވެރިކަމުގެ ފުރަތަމަ މެޗުގެ ސްވެނިއަރ ޕްލެޓިނަމް ޓިކެޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ބައްލަވައިގެންފިއެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަހުމަދު ޠާރިޤު ރައީސަށް ހަވާލުކުރެއްވީ 1000 ރުފިޔާގެ ޕްލެޓިނަމް ޓިކެޓާއި ހަނދާނީ ސްވެނިއަރ ޕްލެޓިނަމް ޓިކެޓެވެ.

ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ހޯދައިދިނުމަށް ބައިނަލްއަޤުވާމީ މައިދާނުގައި ރައީސް މުޢިއްޒު ވަރަށް ފާޅުގައި ވަކާލާތު ކުރައްވާއިރު، އެމަނިކުފާނުގެ ހާއްސަ އިސްނެންގެވުމުގެ މަތިން ފަލަސްޠީނުގެ ޓީމަށް ރާއްޖޭގައި ކޭމްޕް ކުރެވޭނެ މަގު ތަނަވަސް ކޮށްދެއްވިއެވެ. މިރޭ އާއި މާދަމާރޭ ކުޅޭ ދެ މެޗަށް ވީހާވެސް ގިނަބަޔަކު ސްވެނިއަރ ޓިކެޓް ގަތުމަކީ ސަރުކާރުގެ ބޮޑު އެދުމެއް ކަމަށް އެފްއޭއެމްއިން ބުނެއެވެ.

ސްވެނިއަރ ޕްލެޓިނަމް ޓިކެޓު 1000 ރުފިޔާއަށް އަދި ސްވެނިއަރ ގޯލްޑް ޓިކެޓު 500 ރުފިޔާއަށް ވިއްކަމުން އަންނައިރު، މި ޓިކެޓުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރާނީ ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްޠީނުގެ ފުޓުބޯޅަ އަލުން ދިރުވައި ތަރައްޤީކުރުމަށް ފަލަސްޠީން ފުޓުބޯޅަ އެސޯސިއޭޝަނަށް ކަމަށް އެފްއޭއެމްއިން ބުންޏެވެ. ދެ މެޗަށް ވެސް ދަނޑުގެ ގޮނޑިބަރިއާއި ސިޑިބަރިއަށް ހިލޭ ވަދެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް