އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ރާއްޖެ އާއި ފަލަސްތީނު ވާދަކުރާ އެކުވެރިކަމުގެ މެޗު މިރޭ ގަލޮޅު ދަނޑުގައި

ރާއްޖާގައި މިހާރު ތަމްރީން ހަދަމުން އަންނަ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާއި ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު ވާދަކުރާ އެކުވެރިކަމުގެ ފުރަތަމަ މެޗު މިރޭ އޮންނާނެއެވެ.

އަންނަ އަހަރު ސައުދި އަރަބިއްޔާގައި އޮންނަ އޭފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން މެޗްތަކަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމްގެ ޓްރެއިނިން ކޭމްޕަށް ރާއްޖެ އައީ މިދިޔަ ހޯމަ ދުވަހުއެވެ.

އެކުވެރިކަމުގެ މެޗުގައި ފަލަސްތީނާއި ރާއްޖެ ވާދަކުރާ ދެ މެޗުގެ ޓިކެޓް ވިއްކައިގެން ލިބޭ ފައިސާ ފަލަސްތީނުގެ ފުޓްބޯޅަ ޓީމަށް ހަދިޔާ ކުރަން ވަނީ ނިންމައިފައެވެ. އޭއެފްސީ އެޝިއަން ކަޕްގެ 17 އަހަރުން ދަށުގައި ވާދަކުރާ ފަލަސްތީނުގެ ގައުމީ ޓީމުގެ ތަމްރިނު ކޭމްޕެއް ރާއްޖޭގައި ބާއްވައި ދިނުމުގެ ކަންކަން ހަމަޖައްސައި ދޭން ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަން (ޕީއެފްއޭ) އިން އެފްއޭއެމްގައި އެދިފައިވުމާއެކު އެފްއޭއެމް އިން ވަނީ މިކަމުގައި ސަރުކާރުގެ އެހީތެރިކަމަށް އެދިފައެވެ.

އޭއެފްސީ އޭޝިއަން ކަޕްގައި ވާދަކުރާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ރާއްޖޭގައި ކޭމްޕުކުރުމުގެ ފުރުސަތު ދޭން ނިންމީ މިކަމާ ގުޅިގެން ވަޒީރު ރާފިއު އާއި އެފްއޭއެމްގެ އިސްވެރިން ބޭއްވި މަޝްވަރާ ބައްދަލުވުމުންނެވެ. ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ކޭމްޕް ކޮށްގެން ތިބޭއިރު، ދިވެހި ސަރުކާރުން 546،000ރ. ހަމަޖައްސާފައިވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެފައިވެއެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމާއި ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމު ވާދަކުރާ އެކުވެރި ކަމުގެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:30ގައެވެ.

ގުޅުންހުރި ލިޔުންތައް