އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ގައްދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަޝްރޫއު އެމްޓީސީސީ އަށް

ގދ. ގައްދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ސިއްހީ ވުޒާރާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސިއްހީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް ވަޒީރު އަހުމަދު ގާސިމެވެ. އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ރިޓަޔާޑް އަހްމަދު ސައުދީއެވެ.

ގައްދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަޝްރޫއު އެމްޓީސީސީ އަށް ހަވާލުކުރުން | ފޮޓޯ: ހެލްތް މިނިސްޓްރީ

މި މަޝްރޫޢުގެ ދަށުން 30 އެނދުގެ ޖާގައިގެ 4 ފަންގިފިލާގެ އިމާރާތެއް ބިނާކުރުމާއި، 2563 އަކަފޫޓުގެ ސަރަހައްދެއްގައި 1 ފަންގިފިލާ ސަރވިސް ބްލޮކެއް އިމާރާތް ކުރުމާއި، އަދި 3573 އަކަފޫޓު ސަރަހައްދެއްގައި 2 ފަންގިފިލާގެ އެކޮމަޑޭޝަން ބްލޮކެއްވެސް އިމާރާތް ކުރުން ހިމެނެއެވެ.

މި މަޝްރޫއުގެ އަގަކީ 101.7 މިލިއަން ރުފިޔާއެވެ. އަދި މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 600 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

ގުޅުންހުރި ލިޔުންތައް