ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ގައުމުތަކުން ބޭނުންނުކުރާ ހައްޖު ކޯޓާތައް ރާއްޖެއަށް ލިބޭނެގޮތެއް އޮތްތޯ ބަލަނީ

އެހެން ގައުމުތަކަށް ދޫކޮށްފައިވާ ހައްޖު ކޯޓާގެ ތެރެއިން ބޭނުންނުކުރާ ކޯޓާތައް ރާއްޖެއަށް ލިބޭނެ މަގެއް ހޯދަން ރާއްޖެއިން މަޝްވަރާކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވަނީ ސައުދީ ސަރުކާރާއެކު މަޝްވަރާ ކުރައްވާފައެވެ. މަޝްވަރާގައި މައިގަނޑު ގޮތެއްގައި ބެލިފައިވަނީ، އެހެން ގައުމުތަކަށް ދޫކޮށްފައިވާ ހައްޖު ކޯޓާގެ ތެރެއިން ބޭނުންނުކުރާ ކޯޓާތައް ރާއްޖެއަށް ލިބޭނެ މަގެއް ހޯދުމަށެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ، ކޮންމެ ގައުމަކަށް ވެސް ހައްޖު ކޯޓާއެއް ކަނޑައަޅާފައިވީ ނަމަވެސް، އިތުރު ކޯޓާ ދޫކުރުން މިހާރު ހުއްޓާލާފައިވާ ކަމަށެވެ. ނަމަވެސް، ބައެއް ގައުމުތަކުން އެ ގައުމުތަކަށް ދޫކޮށްފައިވާ ކޯޓާ ފުރިހަމައަށް ބޭނުންނުކުރާ ހާލަތްތަކުގައި، އެހެން ގައުމުތަކަށް އެ ކޯޓާތައް ބޭނުންކުރުމުގެ އުސޫލެއް ސައުދީން ގެންގުޅޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސައުދީ ސަރުކާރުން ހައްޖާ ގުޅޭގޮތުން ހިންގާ “ހައްޖު މުބާޝިރު އިނިޝިއޭޓިވް” ގެ ދަށުން، އެހެން ގައުމުތަކުން ބޭނުންނުކުރާ ކޯޓާތަކުން ރާއްޖެއަށް ފުރުސަތު ހޯދުމަށް މިއަދު މަޝްވަރާ ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ލިބެނީ 1,000 މީހުންގެ ހައްޖު ކޯޓާއެކެވެ. ނަމަވެސް މި އަދަދު އިތުރުކުރުމަށް ސަރުކާރުން މީގެ ކުރިން ވެސް ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް