އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ތާއީދު ނެތުމުން އެމްޑީޕީގެ ބޮޑު މުޒާހަރާ ކެންސަލްކޮށްފި

އިދިކޮޅު އެމްޑީޕީން އަންނަ ހަފުތާގެ ހޯމަ ދުވަހު ބާއްވަން ރޭވި މުޒާހަރާ ފަސްކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފިއެވެ.

އެމްޑީޕީން އޮކްޓޯބަރު 3، ގައި ބޭއްވި މުޒާހަރާގައި ކުރި ޑިމާންޑުތަކަށް ސަރުކާރުން އިޖާބަ ނުދޭނަމަ މި މަހުގެ 17 ގައި ބޮޑު އެއްވުމަށް ބާއްވަން ނިންމީ އޮކްޓޯބަރު 4، ގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއެއްގަ އެވެ.

ނޮވެމްބަރު 17 އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތްތާ ދެ އަހަރު ފުރޭ ދުވަހެވެ. އެ ދުވަހާއި ގުޅިގެން މުޅި ރާއްޖޭގައި ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ވެރިކަން ކުރާ ޕީއެންސީ އިން ވަނީ ނިންމާފައެވެ.

އެމްޑީޕީގެ މި ނިންމުމަށް އެ ޕާޓީގެ ޚަބަރުތައް ގެނެސްދޭ ޓީވީ ޗެނަލްއިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ގުޅުންހުރި ލިޔުންތައް