ހުކުރު, ނޮވެމްބަރ 14, 2025
spot_img
- Advertisement -spot_img

ޔުއެފާ ޗެންޕިއަންސް ލީގު: މެންޗެސްޓާ ސިޓީން ފަސޭހަކަމާއިއެކު ޑޯޓްމަންޑް ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސްލީގްގައި ރޭ އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީ އާއި ޖަރުމަނުވިލާތުގެ ބޮރޫޝިއާ ޑޯޓްމުންޑް ބައްދަލުކުރިމެޗް މެންޗެސްޓަރ ސިޓީ ކާމިޔާބުކޮށްފިއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗް ޑޯޓްމުންޑުގެ މައްޗަށް އެޓީމް ކުރި ހޯދީ 1-4 ގެ ނަތީޖާއަކުންނެވެ. މިމެޗްގައި ސިޓީގެ ތަރިއަކަށްވީ ފޯޑަން އެވެ. މެޗްގައި އޭނާ ވަނީ ދެ ލަނޑު ޖަހާ ފޯމްގައި ހުރިކަން ދައްކުވައިދީފައެވެ.

މެންޗެސްޓާ ސިޓީ އަދ ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗުގެ ތެރެއިން

މެޗްގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު ފޯޑަން ޖަހާފައިވަނީ 22 ވަނަ މިނެޓް ތެރޭގައެވެ. ފޯޑަން ލަނޑެއް ޖަހައި ސިޓީއަށް ލީޑް ނަގައިދީފައިވަނިކޮށް އޭގެ 6 މިނެޓް ފަހުން ހާލާންޑް ވަނީ އިތުރު ލަނޑެއް ޖަހައި މެޗްގެ ލީޑް ފުޅާކޮށްދީފައެވެ. މެޗްގައި ފޯޑަން ދެވަނަ ލަނޑު ޖަހާފައިވަނީ ދެވަނަ ހާފްގެ ކުރީކޮޅުގައެވެ. ފޯޑަން ލަނޑެއް ޖަހައި ތަފާތުބޮޑުކޮށްފައިވަނިކޮށް ޑޯޓްމުންޑުގެ އަންޓޮން ވަނީ 72 ވަނަ މިނެޓް ތެރޭގައި ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފައެވެ. މެޗްގައި ސިޓީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރަޔާން ޗަރކީ އެވެ.

މެންޗެސްޓާ ސިޓީ އަދ ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗުގެ ތެރެއިން

މިނަތީޖާއާއިއެކު ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއިއެކު، ސިޓީ އުޅެނީ ތާވަލްގެ ހަތަރު ވަނާގައެވެ. އަދި ހަތް ޕޮއިންޓާއިއެކު ޑޯޓްމުންޑު އުޅޭނީ ތާވަލްގެ 14 ވަނާގައެވެ.  

ގުޅުންހުރި ލިޔުންތައް