އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

އޫއެފާ ޗެންޕިއަންސް ލީގު: ލިވަޕޫލުން ޔޫރަޕްގެ ރަސްގެފާނު ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލުން 1-0 އިން ޔޫރަޕްގެ ރަސްގެފާނު، ރެއާލް މެޑްރިޑް ބަލިކޮށްފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ލިވަޕޫލުން ނުރައްކާތެރި ހަމަލާތަކެއް ރެއާލްގެ ގޯލަށް ފޮނުވާލާފައިވެ އެވެ. އެގޮތުން ލިވަޕޫލްގެ ޑޮމިނިކް ސޮބޮސްލާއި ފޮނުވާލި ހަމަލާތައް ދިފާއުކުރީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ އެވެ.

ލިވަޕޫލް އަދި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ލިވަޕޫލަށް މެޗުގެ 61 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެލެކްސިސް މެކަލިސްޓާއެވެ. މިއީ ސޮބޮސްލާއި ރެއާލްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ލިވަޕޫލް އަދި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން

މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލް ދޫކޮށް ރެއާލަށް ބަދަލުވި ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ކުޅެން އެރިއިރު، މި މެޗުގައި ރެއާލަށް އެދެވޭ ކުޅުމެއް ދެއްކޭ ގޮތް ވަނީ ނުވެފައެވެ.

މި މުބާރާތުގެ ގްރޫޕް ފޭސްގައި ދެޓީމަށްވެސް ކުޅުނު ހަތަރު މެޗުން ލިބިފައިވަނީ 9 ޕޮއިންޓެވެ. ގޯލުގެ ތަފާތުން ރިއަލް މެޑްރިޑް ފަސް ވަނާގައި އުޅޭއިރު، ލިވަޕޫލް އޮތީ ހަވަނާގައެވެ.

ގުޅުންހުރި ލިޔުންތައް