ހުކުރު, ނޮވެމްބަރ 7, 2025
spot_img
- Advertisement -spot_img

ސްޕެނިޝް ލަލީގާ: އެލްޗޭ އަތުން ބާސެލޯނާއަށް ފަސޭހަ މޮޅެއް

ސްޕެނިޝް ލަލީގާގައި އެލްޗޭ 1-3 ގެ ނަތީޖާއިން ބަލިކޮށް ބާސެލޯނާ ތާވަލުގެ ދެވަނަ މަގާމު ދަމަހައްޓައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު މެޗުގެ ކުރީކޮޅު ނުވަ ވަނަ މިނެޓުގައި ޖަހައިދިނީ ޒުވާން ހުނަރުވެރި ކުޅުންތެރިޔާ ލަމިން ޔަމާލެވެ. މި ގޯލު އޭނާ ޖަހާފައިވަނީ ބަލްޑޭ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އޭގެ ދެ މިނެޓު ފަހުން ފެރަން ޓޮރޭޒް ވަނީ ބާސެލޯނާގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައެވެ. މި ގޯލު އޭނާ ޖަހާފައިވަނީ ފާމިން ލޮޕޭޒް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ސްޕެނިޝް ލަލީގާ ގައި އެލްޗޭ އަދި ބާސެލޯނާ ބައްދަލުކުރި މެޗުގެ ތެރެއިން

ބާސެލޯނާގެ ތިން ވަނަ ގޯލު 61 ވަނަ މިނެޓުގައި ޖަހާފައިވަނީ ރަޝްފޯޑެވެ. މި ގޯލުވެސް ޖަހަން އެހީވީ ފާމިން ލޮޕޭޒް އެވެ. އެލްޗޭގެ ހަމައެކަނި ގޯލު 42 ވަނަ މިނެޓުގައި ކާމިޔާބުކުރީ ރަފާ މިރް އެވެ. އަލްވާރޯ ނުނޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ މި ގޯލު ޖަހާފައިވަނީ ކައުންޓާ އެޓޭކުގައެވެ.

ސްޕެނިޝް ލަލީގާ ގައި އެލްޗޭ އަދި ބާސެލޯނާ ބައްދަލުކުރި މެޗުގެ ތެރެއިން

މި މޮޅާއެކު ބާސެލޯނާ ދެވަނައިގައި އޮތީ ތާވަލުގެ އެއްވަނައިގައި އޮތް ރިއަލް މެޑްރިޑަށް ވުރެ ފަސް ޕޮއިންޓް މަދުން 25 ޕޮއިންޓް ހީދައިގެންނެވެ. ތިން ވަނައިގައި 23 ޕޮއިންޓާއެކު ވިލަރެޔާލް އޮތްއިރު ހަތަރު ވަނައިގައި 22 ޕޮއިންޓާއެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ.

ގުޅުންހުރި ލިޔުންތައް