ހުކުރު, ނޮވެމްބަރ 7, 2025
spot_img
- Advertisement -spot_img

އިނގިރޭސި ޕްރިމިއާ ލީގު: ހާލަންޑްގެ ދެ ގޯލުން ސިޓީ ދެވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމަތް 3-1 އިން ބަލިކޮށް މެންޗެސްޓާ ސިޓީން ލީގުގެ ދެވަނައަށް އަރައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީގެ ފުރަތަމަ ގޯލު މެޗުގެ 17 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އާލިން ހާލަންޑް އެވެ. މިއީ ރަޔަން ޗާކީ ބޮލުން ދިން ޕާހަކުން ބޯންމަތްގެ އޭރިއާ ތެރެއަށް ވަދެ ހާލަންޑް ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ. މެޗުގެ 25 ވަނަ މިނެޓްގައި ޓައިލާ އެޑަމްސް ބޯންމަތަށް ނަތީޖާ އެއްވަރުކޮށްދިން އިރު، ފުރަތަމަ ހާފް ނިމުމުގެ ކުރިން ހާލަންޑް ވަނީ ސިޓީއަށް އަލުން ލީޑު ނަގައިދީފަ އެވެ.

ބޯންމަތް އަދި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން

މި ދެ ގޯލާއެކު މި ސީޒަނުގެ ލީގުގައި ހާލަންޑް ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ 13 އަށް އަރައިފައެވެ.

ބޯންމަތް އަދި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން

މި ނަތީޖާއާއިއެކު ލީގުގެ ދެވަނައިގައި ސިޓީ އޮތީ 10 މެޗުން 19 ޕޮއިންޓު ހޯދައިގެންނެވެ. އެއްވަނައިގައި 10 މެޗުން ލިބުނު 25 ޕޮއިންޓާ އެކު އޮތީ އާސެނަލްއެވެ. ލީގުގައި ސިޓީން ދެން ބައްދަލުކުރާނީ ލިވަޕޫލްއާއެވެ.

ގުޅުންހުރި ލިޔުންތައް