އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ބޮޑެތި އަނިޔާތަކެއް ލިބުނު ދިވެހި ޒުވާނާ ނިޔާވެއްޖެ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރު ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ބޮޑެތި އަނިޔާތަކެއް ލިބުނު ދިވެހި ޒުވާނާ ނިޔާވެއްޖެއެވެ.

މި ހާދިސާގައި ނިޔަވެފައި ވަނީ ގއ. ގެމަނަފުށީ/ދިލްބަހާރްގެ އަލީ އަފްލާހް މުހައްމަދު 25އ. އެވެ.

އެ ޒުވާނާގެ ކަށުނަމާދު މިއަދު މެންދުރު ނަމާދަށްފަހު ސަހަރާ މިސްކިތުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ހާދިސާގައި ބަންގްލަދޭޝް އަށް ނިސްބަތްވާ ބިދޭސީއަކު ވެސް ނިޔާވެފައިވެ އެވެ.

ފުލުހުން ބުނީ ކޮޅުވެއްޓީގައި ތިބީ ޖުމްލަ 14 މީހުން ކަމަށާއި އެ އެންމެން ވެސް ފެނިފައިވާ ކަމަށެވެ. އޭގެތެރެއިން ހަ މީހަކު ހޮސްޕިޓަލަށް ގެންދިޔައިރު އޭގެތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ދެ ބިދޭސީންނެވެ.

ގުޅުންހުރި ލިޔުންތައް