އާދިއްތަ, ނޮވެމްބަރ 9, 2025
spot_img
- Advertisement -spot_img

ކޮޅުވެއްޓި ހާސިދާ: ހާލު ސީރިއަސްވި މީހާ މަރުވެއްޖެ

މާލޭގެ އެމްޕީއެލްއާ ދިމާލުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި ހާލު ސީރިއަސްވި މީހާ މަރުވެއްޖެއެވެ.

ފުލުހުން ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލި ކަމުގެ ރިޕޯޓް ލިބުނީ މިއަދު 3:44 ހާއިރު ކަމަށެވެ.

އެ ކޮޅުވެއްޓިން ޖުމްލަ 12 މީހަކު ދަތުރުކުރިއެވެ. އޭގެތެރެއިން ހަ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް އެކަކު ވަނީ މަރުވަފައެވެ.

މަރުވީ ހާލު ސީރިއަސްވެ ފަރުވާދެނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މަސްއޫދު ހޮސައިންއެވެ. ފަރުވާދިން މީހުންގެ ތެރޭގައި ހިމެނެނީ ޖުމްލަ ދެ ބިދޭސީންނެވެ. އަދި ހަތަރު ދިވެހީންނަށް ވެސް އަންނަނީ ފަރުވާދެމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް