ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިގެން ހަރަކާތްތެރިވަމުން އަންނަކަމަށް މެރިން ޕޮލިހުންނާއި އެމްއެންޑީއެފުން ވެސް ބުނެފިއެވެ.
މެރިން ޕޮލިހުން ބުނިގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މާލޭ އެމްޕީއެލް އާއި ދިމާ ބޭރުގައެވެ.
މި ހާދިސާގައި ތިން ފަޅުވެރިއަކު ވަނީ ފަރުވާދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އެކަކު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.
ފުލުހުން ބުނީ މިހާދިސާގެ މައުލޫމާތު އެ އިދާރާ އަށް ލިބުނީ މިއަދު 15:44 ހާއިރު ކަމަށެވެ.



