އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ސައުތު ކޮރެއާއިން މާސްޓާސް ހާސިލްކުރަން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ސައުތު ކޮރެއާގެ ފާހަގަކޮށްލެވޭ ޔުނިވާސިޓީއަކުން މާސްޓާސް ޑިގްރީ ހާސިލުކުރުމުގެ ފުރުސަތު ރާއްޖޭގެ ދަރިވަރުންނަށް ހުޅުވާލައިފިއެވެ. ކޮރެއާ އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖަންސީ (ކޮއިކާ) ސްކޮލާޝިޕް ފެލޯޝިޕް ޕްރޮގްރާމް 2026 ގެ ދަށުން މި ފުރުސަތު ހުޅުވާލާފައިވާކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން ބުންޏެވެ.

މި ފުރުސަތުގެ ތެރޭގައި އެވްހާ ވޮމެންސް ޔުނިވާސިޓީގެ ޖެންޑާ އީކުއަލިޓީ، ހަންޔަން ޔުނިވާސިޓީގެ ސްމާޓް ސިޓީ މެނޭޖްމަންޓް އެންޑް ޓެކްނޮލޮޖީ، ކޮރެއާ ނެޝަނަލް ޔުނިވާސިޓީ އޮފް އެޑިއުކޭޝަންގެ ގްލޯބަލް އެޑިއުކޭޝަން ލީޑާޝިޕް، ކޮރެއާ ޔުނިވާރސިޓީގެ ޓެކްސް އެން ފީސަލް ޕޮލިސީ އަދި ސެއޯލް ނެޝަނަލް ޔުނިވާސިޓީގެ ޕަބްލިކް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޓިވް ރިފޯމް ޕްރޮގްރާމްތައް ހިމެނެއެވެ.

މި ޕްރޮގްރާމްތަކަށް ކުރިމަތިލުމަށް، ކޯހާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއި، 2026 އޭޕްރިލް 1 ގައި 35 އަހަރު ނުވުމާއި، އިނގިރޭސި ބަހުގެ ފެންވަރު ދައްކުވައިދޭން ޖެހެއެވެ. އިނގިރޭސި ބަހުގެ ފެންވަރު ދައްކުވައިދެވޭނީ TOEFL އިން 570 އިން މައްޗަށް ނުވަތަ IELTS އިން 6.0 އަށް ނުވަތަ ޔުނިވަރސިޓީން ބަޔާންކޮށްފައިވާ ރިކުއާމަންޓް ހަމަކުރުމަށް ފަހުއެވެ.

އޮންލައިން އެޕްލިކޭޝަން https://myedu.egov.mv ޕޯޓަލް މެދުވެރިކޮށް 17 ނޮވެމްބަރުގެ 14:00 ގެ ކުރިން ހުށަހަޅަންޖެހެއެވެ. ހާޑް ކޮޕީ 18 ނޮވެމްބަރުގެ 12:00 ގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ.

ގުޅުންހުރި ލިޔުންތައް