ހުކުރު, ނޮވެމްބަރ 7, 2025
spot_img
- Advertisement -spot_img

”ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ“ އަކީ ސަރުކާރުގެ ވަރަށް ހިތްވަރުގަދަ ނިންމުމެއް: ފަސްޓް ލޭޑީ

”ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ“ އަކީ ސަރުކާރުގެ ވަރަށް ހިތްވަރުގަދަ ނިންމުމެއްކަމަށާއި، މިއީ މުޖުތަމަޢުގައި އޮތް ނުރަނގަޅު އާދައަކުން ޖީލެއް ސަލާމަތްކުރުމުގެ ވަރަށް މުހިންމު ފެށުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިއަދުން ފެށިގެން ރާއްޖޭގައި ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ ތަންފީޒުކުރަން ވަނީ ފަށާފައެވެ. މި ނިންމުމުގެ ދަށުން، 2007 ވަނަ އަހަރުގެ ނޮވެމްބަރު 1 އިން ފެށިގެން އުފަންވެފަވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާވާނެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، ސަރުކާރުގެ މި ނިންމެވުމަކީ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ނިންމެވި ވަރަށް ތާރީޚީ ނިންމެވުމެއްކަމަށެވެ.

ސިއްޙީ ދުލަހެޔޮކަމަށް ވަކާލާތުކުރާ މީހެއްގެ ޙައިސިއްޔަތުން، ސަރުކާރުގެ މި ނިންމެވުމަށް މަރުޚަބާކިޔާކަމަށާއި، މިއީ ބޮޑެތި ބަލިތަކުން ހުށައެޅުމުގެ ހިރާސްތައް ކުޑަކޮށް، ސިއްޙަތު ރަނގަޅު ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ ވަރަށް މުހިންމު ފެށުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

މިއީ ވަރަށް ވަރުގަދަ ނިންމެވުމެއްކަމަށާއި ދިރާސާތަކާއި ތަފާސްހިސާބުތަކުގެ އަލީގައި މިކަން ކުރެވިގެންދިއުމަކީ، މީގެ ނަތީޖާ ވަރަށް ރަނގަޅަށް ފެނިގެންދާނެކަމެއްކަމަށް ވިދާޅުވިއެވެ. މިއީ މުޅި ރާއްޖެވެސް އެކަމަށް ފަޚުރުވެރިވާފަ ދުވަހެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް