އާދިއްތަ, ނޮވެމްބަރ 9, 2025
spot_img
- Advertisement -spot_img

ކަންނެލި މަސްވެރިކަން ތަރައްގީ ކުރަން ހުޅުމާލެއިން ކަނޑައަޅާފައިވާ ބިން ރަސްމީކޮށް ހަވާލުކޮށްފި

ކަންނެލި މަސްވެރިކަން ތަރައްގީ ކުރަން ހުޅުމާލެއިން ކަނޑައަޅާފައިވާ ބިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗް.ޑީ.ސީ) އިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންއާ ރަސްމީކޮށް ޙަވާލުކޮށްފައެވެ.

ބިން ހަވާލުކުރުމަށް އެޗްޑިސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ޢަލީ ޒުހައިރެވެ. އަދި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހުސައިން ޝާމް އެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ޝިޔާމްއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.އެސް.ޑީ.ބީ) ފަންޑުގެ ދަށުން މިއަދު ހަވާލުކުރި ބިމުގައި ފެސިލިޓި ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ. ކަންނެލި މަސްވެރިކަން ކުރާ ފަރާތްތައް ބޭނުންވާ ކަހަލަ ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ހުޅުމާލޭގައި ފަށަން ތައްޔާރުވެފައިވާކަން ހާމަކޮށް މީގެ ކުރިން މިނިސްޓަރު ޝިޔާމް ވިދާޅުވީ އެއީ ކުދި ކަންނެލި މަސް ބަންދުކުރާ ފަރާތްތަކަށް ލިބޭނެ ވަރަށް މުހިންމު މާހައުލަކަށް ވާނެ ކަމަށެވެ.

އަދި އޭރުން ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކުގެ އެންމެ ބޮޑު ގޮންޖެހުން ހައްލުވެގެންދާނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ. މިނިސްޓްރީން ބުނީ މިއީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގައި ފާހަގަކޮށްލެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.

މި މަސައްކަތަކީ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވައުދުފުޅެކެވެ.

ގުޅުންހުރި ލިޔުންތައް