ކ. ގުރައިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ފަތުހުﷲ ޖަމީލް މޫސާ ވެސް ސަސްޕެންޑްކޮށްފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ، އެއް މަސް ދުވަހަށް، މުސާރަ ނުލިބޭ ގޮތަށް ފަތުހުﷲ ސަސްޕެންޑް ކުރަން ނިންމީ، އޭނާއާ ގުޅޭ ގޮތުން ބެލި މައްސަލައަކާ ގުޅިގެން ކަމަށެވެ.
އެ ނިންމުން ނިންމީ، އިއްޔެ ބޭއްވި އެ ކޮމިޝަނުގެ 37 ވަނަ ޖަލްސާގައި ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.
ނަމަވެސް ފަތުހުﷲ ޖަމީލާ ގުޅޭ ގޮތުން ބެލީ ކޮން މައްސަލައެއް ކަމެއް އެ ކޮމިޝަނުން ހާމައެއް ނުކުރެއެވެ.
ފަތުހުﷲ ޖަމީލްގެ މައްސަލައެއް ޖޭއެސްސީއަށް މީގެކުރިން ވެސް ހުށަހެޅުނެވެ.



