ހުކުރު, ނޮވެމްބަރ 7, 2025
spot_img
- Advertisement -spot_img

ޔުއެފާ ޗެންޕިއަންސް ލީގު: ބަޔާން މިޔުނިކް އަދި ލިވަޕޫލަށް ފަސޭހަ މޮޅެއް

ޔުއެފާ ޗެންޕިއަންސް ލީގުގައި ކުޅުނު މެޗުތަކުން ބަޔާން މިޔުނިކާއި ލިވަޕޫލް އިން ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފިއެވެ.

މިގޮތުން ޖަރުމަނުގެ ބަޔާން މިޔުނިކާއި ބެލްޖިއަމްގެ ކުލަބު ބުރޫޖް ވާދަކުރި މެޗު ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ބަޔާން ވަނީ ކާމިޔާބުކޮށްފިއެވެ.

ބަޔާން މިޔުނިކްގެ އެލިއަންޒް އެރީނާގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ބަޔާން މިޔުނިކުން މެޗު ޑޮމިނޭޓްކުރިއިރު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ބަޔާން މިޔުނިކް ކުރީގައި އޮވެގެންނެވެ. އަދި ވަނަ ހާފުގައި އެޓީމުން ވަނީ އިތުރު އެއްލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިމެޗުގައި ބަޔާން މިޔުނިކްގެ އުމުރުން 17 އަހަރުގެ މިޑްފިލްޑަރު ލެނާޓް ކާލް، ހެރީ ކޭން، ލުއިސް ޑިއާޒު އަދި ނިކޮލަސް ޖެކްސަން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަޔާން މިޔުނިކްގެ ޒުވާން މިޑްފިލްޑަރު ލެނާޓް ކާލް އެވެ.

ބަޔާން މިޔުނިކާއި ބެލްޖިއަމްގެ ކުލަބު ބުރޫޖް ވާދަކުރި މެޗުގެ ތެރެއިން

ލިވަޕޫލާއި ޖަރުމަނުގެ ފްރެންކްފާޓް ވާދަކުރި މެޗު ފަހަތުން އަރައި 5-1 ގެ ނަތީޖާއަކުން ލިވަޕޫލް އިންވެސް ވަނީ ކާމިޔާބުކޮށްފިއެވެ.

ފްރެންކްފާޓްގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗު ޑޮމިނޭޓްކުރީ ލިވަޕޫލް އިންނެވެ. ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ފްރެންކްފާޓް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ރަސްމުސް ކްރިސްޓިއަންސަން އެވެ.

ލިވަޕޫލުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިސީޒަނުގައި ފްރެންކްފާޓް ދޫކޮށް އެޓީމާއި ގުޅުނު ހޫގޯ އެކަޓިކޭ އެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން ޑިފެންޑަރު ވާޖިލް ވެން ޑައިކް ވަނީ އެޓީމަށް މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފައެވެ. ލިވަޕޫލުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މިސީޒަނުގައި ފްރެންކްފާޓް ދޫކޮށް ލިވަޕޫލްއާއި ގުޅުނު ހޫގޯ އެކަޓިކޭ

މެޗުގެ ދެވަނަ ހާފުގައި ލަވަޕޫލުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން އެޓީމުގެ ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ފޯވާޑް ކޯޑީ ގައްޕޯ ކާމިޔާބުކުރިއިރު، އޭގެ ހަތަރު މިނެޓް ފަހުން އެޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޑޮމެނިކް ސްބޮޒްލާއި އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ލިވަޕޫލުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 5-1 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ. އަދި މިއީ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ލިވަޕޫލް މޮޅުވި ފުރަތަމަ މެޗެވެ.

ގުޅުންހުރި ލިޔުންތައް